March 22, 2026
Advertisement
މުރައިދޫގެ
މުރައިދޫގެ / އަދަދު

ފާޑުކިޔުންތައް އަމާޒުވާން ފެށުމުން، މުރައިދޫގޭ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ނިންމައިފި

Aishath Naja
އައިޝަތު ނަޖާ
Oct 14, 2024, 09:38 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލިހުގެ ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅު، މ. މުރައިދޫގޭގެ މުވައްޒަފުންނާ ގުޅޭ މައުލޫމާތު ސާފުކުރުމަށް އެދި ހުށަހެޅި މައްސަލަ އާ ގުޅިގެން އެކަން ނުކުރަން މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމި ނިންމުން ބަދަލުކުރަން ނިންމައިފި އެވެ.

Advertisement

މުރައިދޫގެ މަރާމާތު ކުރުމަށް ކުރި ހަރަދާއި އެ ގެކޮޅުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދާ އަދި އެ މީހުންނަށްދޭ މުސާރައިގެ ތަފުސީލު ހޯދުމަށް ނޫހަކުން ހުށަހެޅުމުން އެކަމާ ގުޅިގެން މަޖިލިހުގެ އިދާރާއިން ބުނެފައި ވަނީ މަޖިލިހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން މަޖިލިހުގެ ރައީސަކީ ހިމާޔަތާއި ރައްކާތެރިކަންދޭ ބޭފުޅެއް ކަމަށެވެ. އެހެންވުމާ އެކު އެކަމާ ގުޅޭގޮތުން ގޮތެއް ނިންމާނީ 241 ކޮމިޓީން ކަމަށެވެ.

މައްސަލަ ދިރާސާ ކުރުމަށް އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ. އެ ބައްދަލުވުމުގައި ނިންމީ މުރައިދޫގޭގައި އުޅޭ މުވައްޒަފުންނާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ހާމަނުކުރުމަށެވެ.

އެހެންނަމަވެސް ފާޑުކިޔުންތައް އަމާޒުވުމުން އެ ނިންމުން ބަދަލުކުރުމަށް އަނެއްކާވެސް ކޮމިޓީ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved