މިއަދުގެ އަސުރުން ތިރިވަމުން ދިޔަ ވަގުތު މުޅި ރާއްޖެ ގުގުމާލީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހީންގެ ދޯންޏަކަށް ބޭރުގެ އަސްކަރިއްޔާއަކުން މަނަވަރެއްގައި ގޮސް އެރި ޚަބަރުންނެވެ.
ވެގެން އުޅޭ ގޮތް ސާފުކޮށްލަން އެމްއެންޑީއެފަށް ސުވާލުކޮށްލުމުން ޖަވާބެއް ދޭނެ ކަމެއް ބުނެ އެ ވަގުތަށް ކުރުކޮށްލިއެވެ. ނަމަވެސް މިއީ ޖަވާބު ނުހޯދާ ލަސްކުރެވޭ ވަރަށް ވުރެ ޚައްސާސް މައްސަލައަކަށްވުމުން ދެން މަސައްކަތްކުރީ އެކަން ދިވެހިންގެ ސަމާލުކަމަށް ގެނައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށެވެ.
ހޯދި ހޯދުމުން އެނގުނީ އަސުރުމާ 3 ނަމަކަށް ކިޔާ އދ. މަހިބަދޫއަށް ނިސްބަތްވާ ދޯންޏަކަށް ހަތިޔާރާއެކު އެރީ އަވައްޓެރި އަދި ބޮޑު ބޭބެ ކަމަށް ދައުވާ ކުރާ އިންޑިއާގެ އަސްކަރީ މަނަވަރެއްގައި ތިބި ސިފައިން ކަމެވެ.
އެއާއެކު އަދި މާ ކަންތައް ބޮޑުވިއެވެ. އެއީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ވެސް އިންޑިއާއިން ރާއްޖޭގެ މައްޗަށް އަތްގަދަ ކުރުމުންނެވެ. މިއީ ރައީސް އަބްދުﷲ ޔާމީން އެކަމެއްގެ ރަނގަބީލު ޖައްސަވަމުން އައި ނުރައްކަލުގެ ރަތް ސިގްނަލެކެވެ.
ފަހުން މައުލޫމާތު ލިބުނު ގޮތުގައި އުތުރުގައި މަސްވެރިކަން ކުރަމުން އައި ތިން ދޯންޏަކަށް އިންޑިއާގެ ދެ ކޯސްޓްގާޑެއް ކައިރިކޮށް ސިފައިން އަރާފައިވާ ކަމަށާ ދޯނި ފަހަރަށް އަރާ ބިރު ދައްކައިގެން ދޯނިތަކުގެ ސެޓެލައިޓު ނަމްބަރު ހޯދަން އުޅުނު ކަމަށެވެ. މި ތިން ދޯނީގެ ތެރެއިން އަސުރުމާ ދޯނީގެ ކެޕްޓަންއާ އަދި ފަޅުވެރިން އިންޑިއާގެ ކޯސްގާޑު ސިފައިންގެ ކުރިމަތީ ދެއްކީ ނުހަނު ގަދަ ހިތްވަރެވެ. އެމީހުން ދެއްކި ބިަށް ސިހުމެއް ފަސް ޖެހުމެއް ނެތި އެމީހުންނަށް އެންމެ އަވަހަށް ގުޅުނު ބަޔަކަށް އެ މައުލޫމާތު ހިއްސާކުރިއެވެ.
އެއާއެކު އެމްއެންޑީއެފުން އެ ދިމާއަށް ދަތުރު ފެށި ޚަބަރު އިވުމާ އެކު އިންޑިއާގެ އެ އުޅަނދުތައް ދޯނިތައް ދޫކޮށް ދިޔަކަމަށް ވެސް މައުލޫމާތު ލބިފައިވާއިރު މިއަދު އަސުރުމާ ދީނިން އެ ދެއްކީ ދިވެހި ލޭ ހިނގާ ދަރިންގެ ހިތްވަރު ބަލި ނޫން ކަމެވެތިޔަ ދޯނީގެ ފަޅުވެރިން ތި ދެއްކި ހިތްވަރަށް އައްސަރި ބަހާ ސާބަހެވެ.
އަޅުވެތިކަމުގެ ކުރިމަތީ ދިވެހިން ކުޑަ ކަކޫ ނުޖަހާނެކަން ތިޔަ ސާބިތުކޮށްދިނީއެވެ.