March 20, 2026
Advertisement
ހަނިމާދޫ ދާއިރާގެ މެންބަރު ޣަފޫރު
ހަނިމާދޫ ދާއިރާގެ މެންބަރު ޣަފޫރު / ރައްޔިތުންގެ މަޖިލިސް

ވަކިކުރާ ސިޔާސީ މުވައްޒަފުން ދެން ލާނީ ކުންފުނިތަކަށްކަމަށް ގަފޫރު ވިދާޅުވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Oct 16, 2024, 06:25 PM
މާލެ ސިޓީ

228 ސިޔާސީ މުވައްޒަފުންނަށް ދެން ވަޒީފާ ދޭނީ ސަރުކާރު ކުންފުނިތަކުން ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

Advertisement

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޣަފޫރު މިފަދައިން ވިދާޅުވެފައި ވަނީ ހަތް ސްޓޭޓް މިނިސްޓަރުންނާ 43 ޑެޕިއުޓީ މިނިސްޓަރުންނާ 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން, 69 ޕޮލިޓިކަލް ޑިރެކްޓަރުން ވަކިކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެންނެވެ.

ޣަފޫރު އިތުރަށް ވިދާޅުވީ ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ހުރިހާ ޓެކްސްއެއް ބޮޑުކުރިޔަސް ނަފާއެއް ނުވާނެ ކަމަށާއި ސިޔާސީ މަގާމުތަކުން ވަކިކޮށް ކުންފުނިތަކަށް ހަމަ އެ މީހުން އައްޔަންކުރުމުން ދައުލަތުގެ ހަރަދު ކުޑަނުވާނެ ކަމަށެވެ.

ޣަފޫރު ވަނީ ސަރުކާރުން ދެން އެ ސިޔާސީ މަގާމްތަކުން ވަކި ކުރާނެ މީހުންނަށް ހަދާނީ އެފަދައިން ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved