March 29, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް / ތޭރަ އޮންލައިން

ޕީއެންސީ ތެރޭގައި އޮތީ ދެ ފެކްޝަނެއް: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Oct 17, 2024, 11:17 PM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެެއްޖެ އެވެ.

Advertisement

ރައީސް ޔާމީން މިިފަދައިން ވިދާޅުވެފައި ވަނީ ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފެކްޝަނަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ (އަދުރޭގެ) ފެކްޝަނެއް އެބައޮތް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ މުރައިދޫގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ މައުލޫމާތު ދިނުމަކީ މަޖިލީހުގެ ރައީސަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައެޅީ އަދުރޭ ރާއްޖޭގައި ހުންނަވަނިކޮށް ކަމަށެވެ.

އެހެންނަމަވެސް އޭނާ ރާއްްޖެއިން ފުރާވަޑައިގަތުމުން ރައީސް މުއިއްޒުގެ އެންގެވުމަށް އެ ނިންމުން ބަދަލުކޮށްފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ކަންތައްތައް ބަލަހައްޓަވަން އެތަނަށް އެ ލައްވާ ޚާދިމުންނަށް އަބްދުއްރަހީމް ހަރަދު ކުރައްވަން ޖެހޭނީ. އެއީ ދައުލަތުގެ ބަޖެޓުން ހަރަދު ކުރެވޭނެ ކަމެއް ނޫން

ރައީސް ޔާމީން ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ދިރިއުޅުއްވާ މުރައިދޫގެއަށް މުވައްޒަފުން ނަގާފައިވާތީ ޔާމީން ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެތަނަކީ އޮފީހެއް ނޫން ކަމަށާއި އެހެންކަމުން އެތަނަށް މުވައްޒަފުން ނަގަން ނުޖެހޭ ކަމަށެވެ.

އަދުރޭއަށް ރައީސް މުއިއްޒުގެ ނިންމުން ކަމުނުދާ ކަމަށާ ރައީސް މުއިއްޒަށް އަދުރޭގެ ނިންމުންތައް ކަމުނުދާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved