April 4, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް / ރައީސް އޮފިސް

މި ސަރުކާރުން މިދަނީ މަންމަގެ އުނަގަނޑުގައި އޮތް ފައްޓަރުބައި ވެސް ވިއްކާލާ ހިސާބަށް : ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Oct 18, 2024, 03:39 AM
މާލެ ސިޓީ

ފަޅުތަކާއި، ކަނޑުގެ ބަނދަރާއި ގައުމުގެ އެހެނިހެން ތަންތަން ބޭރުގެ މީހުންނަށް ވިއްކަމުންގެންދާތީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބައިނަލްއަގްވާމީ އެއާޕޯޓް ޖީއެމްއާރަށް ދިނުމުގެ ސަބަބުން އެކަމާ އެންމެ ބޮޑަށް މަގުތަކަށް ނިކުމެ އިހުތިޖާޖް ކުރީ އަދުގެ ސަރުކާރުގައި ތިއްބެވި ފަރާތްތަކުންކަމަށެވެ. އެގޮތައް އެއާޕޯޓް ޖީއެމްއާރަށް ވިއްކާލުމުން އެއާޕޯޓް ވާނީ އަނބުރާ ހޯދާފައިކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދުގެ ސަރުކާރުން ކަނޑުގެ ބަނދަރު ވިއްކާލަން މަސައްކަތް ކުރާކަމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވަނީ ރައީސް ނަޝީދު ދެއްކެވި ބަސްކޮޅެއްކަމަށްވާ " ވިއްކަމުން ވިއްކަމުން ގޮސް ދެން ވިއްކާލާނީ މަންމަގެ އުނަގަނޑުގައި އޮތް ފަށްޓަރުބައި" ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވި ތިހެން ދަމުން ދަމުން ގޮސް ދެން މަންމަ އުނަގަނޑުގައި އޮތް ފަށްޓަރުބައި ވެސް ވިއްކާލާނޭ. ރައީސް ނަޝީދު އަދި އިބްރާހިމް މުހައްމަދު ޞާލިހް، އަޅުގަނޑުމެން ލޯބިން ބިމަށް މިކިޔަނީ މަންމައޭ.

ރައީސް ޔާމީން ވިދާޅުވިއެވެ.

އަޅުގަނޑުމެން ދިވެހިން ލޯބިން ބިމަށް މަންމަ ކިޔާއިރު މި ސަރުކާރުން އެ ދަނީ ބިންތައް ވިއްކަމުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާތަކުގައި ރައީސް ޔާމީން ވަނީ ޕޯޓު ވިއްކާލަން މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ކުށްވެރިކޮށް އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved