ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ލީޑަރު ޔަހްޔާ އަލް ސިންވާރް ޝަހީދުކޮށްލުމުން ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފައިނުވާކަން ހާމަވެއްޖެ އެވެ.
ހާރިޖީ ވުޒާރާއިން ވެސް ސިންވާރު ޝަހީދުކޮށްލުމާއި ގުޅިގެން ބަޔާނެއް ވެސް ނެރެފައިނުވެއެވެ.، އޭގެއިތުރުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެސް އެކަން ކުށްވެރިކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުން ސަހްޔޫނީންގެ އެ އަމަލު ކުށްވެރިކޮށް ފާޑުކިޔަމުން އަންނަ އިރު ވެސް ދިވެހި ސަރުކާރުން މިކަމާ ގުޅިގެން އެއްވެސް އެއްޗެއް ނުބުނެ ހަނު ހުންނާތީ ގިނަ ބަޔަކު އަންނަނީ ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ޔަހްޔާ ސިންވާރް ޝަހީދުކޮށްލީ ފަލަސްތީނުގެ ޣައްޒާގައި ހުރި އިމާރާތަކަށް ދިން ހަމަލާއެއްގައެވެ. މި ހަމަލާއާ ގުޅިގެން ހަމާސް އިން ވަކި އެއްޗެއް އަދި ބުނެފައިނުވެ އެވެ.