ވެރިކަމެއްގެ ބާރު ލިބުނީމަ ބައެއް ބެފުޅުންނަށް ކުރެވޭ ނުކުރެވޭ ކަންވެސް ނޭންގޭ ފަހަރު ފަހަރު އެބައާދެއެވެ. ދައްކަން މިއުޅޭ ވާހަކައަކީ ހަމަ މިފަދަ ވާހަކައެކެވެ. ނިމިދިޔަ ސަރުކާރުގަ ކަންކަން ހިނގައިދިޔަ ގޮތް ހުރިހާ ރައްޔިތުންނަށް ވެސް އެނގޭނެ ކަން ޔަގީނެވެ.
މި ދައްކަނީ އިބްރާހިމް މުހައްމަދު ސޯލިހުގެ ވާހަކައެވެ. 17 ނޮވެންބަރު 2018 ވަނަ ދުވަހު އިންތިހާބަށް ނުފޫޒު ފޯރުވާ ވޯޓު ފޮށިތަށް ގަނޑުބަނޑު ކޮށްގެން ވެރިކަމަށް އާދެވުމުން ވީ ގޮތް ވެސް އެބޭފުޅާއަކަށް ނޭނގުނެވެ. އިބްރާހިމް ބޭނުންވީ ލިބުނު ހުރިހާ ބާރެއްގެ ފައިދާ އެއްފަހަރާ ޖަހައިގަންނާށެވެ.
މިކަން ހާސިލް ކުރަން އެތައް މަސައްކަތެއް އެމަނިކުފާނު ކުރުއްވިއެވެ. އެގޮތުން ކުރެއްވި އެންމެ ފުރަތަމަ ކަމަކަށް ވެގެން ދިޔައީ ރައީސް ޔާމީން އަށް ކުރި ހަރާން ހުކުމެވެ. އިބްރާހިމް އަށް އެނގިގެންދިޔައީ ރައީސް ޔާމީން ހުރި ހިނދަކު އެމަނިކުފަނަށް އެއްވެސް އިންތިޚާބެއް ކާމިޔާބު ނުވާނެކަމެވެ. ހަރާން ހުކުމެއް ބޯމަތި ކުރުވާ ރައީސް ޔާމީން ޖަލަށް ލުމުންވެސް އިބްރާހިމުގެ ހިތެއް ނުފުރުނެވެ. ދެން ފެށީ އެތައް ބަޔަކު ވާނުވާ ބަންދަށް ލާށެވެ.
ޝަރުއީ ނިޒާމަށް ވެސް އެވަރަށް ނުފޫޒު ފޯރުވިއެވެ.
އެމްޑީޕީ ފަސާދަ ކުރުމަށް ފަހު ކާން ދިން އަތުގައި ދަތް އެޅި ވެރިއެއް މި ނޫނީ ނެތެވެ. މިއަދު މުއިއްޒުގެ ސަރުކާރުންވެސް މި ފެންނަނީ އެފަދަ އަމަލުތަކެވެ. މުއިއްޒުވެސް ރައީސް ޔާމީން އާ މެދު ކަންކަން އެކުރަނީ އިބްރާހިމް ނަޝީދާ މެދު ކަންކުރި ގޮތަށެވެ.
އިންޑިއާ ސިފައިން ރާއްޖެ ގެނެސް އަޅުވެތިކަމަކަށް ގެންދަން މަސައްކަތް ކުރީ ވެސް ހަމަ މި އިބްރާހިމް މުހައްމަދު ސޯލިހުއެވެ. ސިއްރު އެތައް އެއްބަސް ވުން ތަކަކާ ސިއްރު ސިޓީ އަކުން ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސް އަށް ވިއްކާލީ ވެސް އަމިއްލަ އެދުން ބޮޑުވުމުން ކަން ޔަގީނެވެ. މިވަރުގެ އަމިއްލަ އެދުން ބޮޑު ވެރިއެއް އަދި ނުދެކެމެވެ. ކޮރަޕްޝަން އަށްވެސް 0 ޓޮލެރެންސް ދެއްވާނެކަމަށް ވިދާޅުވެ ކޮރަޕްޝަންގެ އަމަލުތައް ހިންގެވި ވެރިޔެއް މިނޫނީ ނެތެވެ.
ވެރިކަމުން ފޭބުމަށްފަހުވެސް ފެނިގެން މިދަނީ ކަންކަމަށް އައިތް ބާނާ މަންޒަރެވެ. ޝަމީމަށް ހަމަލާދިން މައްސަލަވެސް އިބްރާހިމް ކޮށްލީ ސިޔާސީ އެވެ. މިވަރުގެ މީހަކު ހައްޔަރު ނުކޮށް ވާކަށް ނެތެވެ. ރައްޔިތުންވެސް އެގޮވަނީ އިބްރާހިމް ހައްޔަރު ކުރުމަށެވެ. އިބްރާހިމް މިއީ ބަހުގެ އެއްވެސް ބުރަދަނެއް ނެތް މީހެއްކަން މިއަދު ކޮންމެ ރައްޔިތަކުވެސް ގަބޫލް ކުރާނެއެވެ.
މީހުން ބުނެއުޅޭތީ އަޑުއަހަމެވެ. ނަމުން ސޯލިހެވެ. ކަމުން ޖާހިލެވެ.