March 26, 2026
Advertisement
ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ކުރަމުންދާއިރު ރައީސް ޖަވާބުދާރީ ކުރުވަން ޖެހެނީ ސިފައިން: ރައީސް ޔާމީން
ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ކުރަމުންދާއިރު ރައީސް ޖަވާބުދާރީ ކުރުވަން ޖެހެނީ ސިފައިން: ރައީސް ޔާމީން / ރައީސް އޮފިސް

ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ކުރަމުންދާއިރު ރައީސް ޖަވާބުދާރީ ކުރުވަން ޖެހެނީ ސިފައިން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Oct 22, 2024, 04:09 AM
މާލެ ސިޓީ

ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ކުރަމުންދާއިރު ރައީސް ޖަވާބުދާރީ ކުރުވަން ޖެހެނީ ސިފައިން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވަނީ ގައުމުގައި އަސްކަރީ އުޅަނދު ދުއްވަން ތިބި ޕައިލެޓުން އެއް ފަރާތްކުރުމަށް ފަހު އިންޑިއާ މީހުން ގެންނަން މި ސަރުކާރުން އެއްބަސްވެފައިވާތީ އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ އިންޑިއާ އެކު އެފަދަ އެއްބަސްވުނަތއްވެ ގައުމީ ސަލާމަތަށް ނުރައްކާކުރަމުން ކަމަށާ އަދި އެކަންކަމަކީ ސިފައިން ނުކުމެ ރައީސް ޖަވާބުދާރީކުރުވާ ހުއްޓުވަން ޖެހޭ ކަންކަމަށެވެ.

ރައީސް ގާނޫނާއި ހިލާފަށް ކުރާ ކަންކަން ހުއްޓުވަންތިބި ބަޔަކީ ސިފައިން. ރައީސް އަޒުލުކުރުމަކީ މަޖިލީހުން ކުރާނެ ކަމެއް. އެއީ ފަހުގެ ކަންތައް

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ވައުދާއެކު އައިސް މި ސަރުކާރު ގެންދަނީ ކުރިއަށް ވުރެ ބޮޑަށް ގައުމީ ސަލާމަތަށް ނުރައްކާވާނެ މަގުތައް ފަހިކުރަމުން ކަމަށާ ނަމަވެސް އެއިން އެއްވެސް ކަމެއްގެ ތަފްސީލު ހާމަނުކުރާކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved