March 19, 2026
Advertisement
ރައީސް މުއިއްޒު އިންޑިއާގެ ބޮޑު ވަޒީރާއެކު
ރައީސް މުއިއްޒު އިންޑިއާގެ ބޮޑު ވަޒީރާއެކު / ސޯޝަލް މީޑިއާ

އިންޑިއާގެ ދަށު ނުލެވުމުން ރައީސް މުއިއްޒުއަށް އެގައުމުން ފާޑުކިޔައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Feb 1, 2024, 11:35 PM
މާލެ ސިޓީ

އިންޑިއާގެ ދަށު ނުލެވުމުން ރައީސް މުހައްމަދު މުއިއްޒުއަށް އެގައުމުން ފާޑުކިޔައިފިއެވެ.

Advertisement

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު އެގައުމުގެ އެންޑީ ޓީވީއަށް ދިން އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ އިންތިހާބުތަކުގައި ވަކި ގޮތަކަށް އަމަލުކުރުމަކީ ވަކި ކަމެއް ކަމަށާއި ނަމަވެސް ސަރުކާރާ ހަވާލުވުމުން ބައްދަލުވުންތަކާއި މީޑިއާތަކުގައި ވާހަކަތައް ދައްކަން ވާނީ ވިސްނުންތެރިކަމާއެކު ކަމަށެވެ.

ބެލެވޭ ގޮތުގައި ޖައިޝަންކަރު އެ އިޝާރާތްކުރައްވަނީ ދިވެހި ސަރުކާރުން އިންޑިއާއިން ކުރަމުން ގެންދާ ޑިމާންޑްތަކަށް އިޖާބަ ނުދީ ޕްރޯ މޯލްޑީވްސް ފޮރިން ޕޮލިސީ ގެންގުޅޭ ގުޅުމަށެވެ.

އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއާއެކު ބައްދަލުވުންތަކެއް ބޭއްވިގެން ދިޔުން ކަމަށާއި ރާއްޖެއިން މައްސަލަތަކެއް ފެންމަތިކުރާނަމަ އެކަންކަން އަޑުއަހައި ހައްލުކުރަން އިންޑިއާ އިން މަސައްކަތް ކުރާނެ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

ޖައިޝަންކަރު ނުރުހުން ރައީސް މުއިއްޒުގެ ސިޔާސތުތަކަށް އަމާޒުކުރައްވާފައިވާއިރު ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ގައުމީ ކެމްޕެއިން "ޢިންޑިއާ އައުޓު" ތަންފީޒުކުރައްވާނެކަމުގެ ފެހި ސިގްނަލް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ދެއްވާފައެވެ.

ޑިޕްލޮމެޓިކް އަދި ސިޔާސީ ހަމަނުޖެހުންތަކެއް ރާއްޖެއާއި އިންޑިއާއާ ދެމެދު ފެތުރިފައިވާ މިދަނޑިވަޅުގައި އިންޑިއާއިން މި ދިން މެސެޖާ މެދު ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނަމުން ދަނީ މިއީ ރަތް ސިގްނަލެއް ކަމަށެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved