March 9, 2026
Advertisement
ޕީއެންއެފް ޖަލްސާގެ ތެރެއިން
ޕީއެންއެފް ޖަލްސާގެ ތެރެއިން / ތޭރަ އޮންލައިން

ފްރޮންޓް އޮފީހުގައި މާދަމާ ރޭ ފޯރި ގަދަ ޖަލްސާއެއް އޮންނާން!

Mariyam Isaadha
މަރިޔަމް އިސާދާ
Oct 23, 2024, 11:38 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާ ވަރަށް ފޯރި ގަދަ ޖަލްސާއެއް މާދަމާރޭ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ އޮފީހުގައި އޮންނާނެ ކަމަށް އެޕާޓީއިން ހާމަކޮށްފިއެވެ.

Advertisement

އެ ޕާޓީގެ ފަރާތުން މީޑިޔާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ (24 އޮކްޓޯބަރު 2024) ވާ ބުރާސްފަތި ދުވަހުގެ ރޭ، އެ ޕާޓީގެ އޮފީހުގައި ވަރަށް ފޯރި ގަދަ ޖަލްސާއެއް އޮންނާނެ ކަމަށާ ޖަލްސާ ފެށޭނީ ރޭގަނޑު 8:45 ގައި ކަމަށެވެ.

އެހެންކަމުން ޕީއެންއެފްގެ ސިޔާސަތަށް ތާއީދުކުރައްވާ އަދި ރައީސް ޔާމީން ދެކެ ލޯބިވާ، އަދި އެމަނިކުފާނަށް ތާއީދުކުރާ ވީހާވެސް ގިނަ ބޭފުޅުން ޖަލްސާގައި ބައިވެރިވުމަކީ އެޕާޓީގެ އެދުމެއް ކަމަށް ޕީއެންއެފުން ހާމަކޮށްފައިވެއެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔަަސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް އަމާޒުކުރެއެވެ. ގައުމުގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލާލާ ޖަލްސާތަކުގައި ވާހަކަ ދައްކަނީ ކަމާ ގުޅުންހުރި ތަޖުރިބާ ލިބިފައި ތިއްބެވި ކަމުވޮށިގެން ވާ ބޭފުޅުންނެވެ.

މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved