April 17, 2026
Advertisement
އިލްމް އިންސްޓިޓިއުޓްގެ ކަރަންޓް ވާތައް ބުރިކޮށްލާފައި
އިލްމް އިންސްޓިޓިއުޓްގެ ކަރަންޓް ވާތައް ބުރިކޮށްލާފައި / ސޯޝަލް މީޑިއާ

ހުޅުމާލޭގައި ޤުރުއާން ހިތު ދަސްކުރާ ދަރިވަރުންގެ މަރުކަޒުގެ ކަރަންޓު ކަނޑާ މައްސަލަ ބޮޑުވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Oct 24, 2024, 12:01 AM
މާލެ ސިޓީ

ހުޅުމާލޭގައި ޤުރުއާން ހިތު ދަސްކުރާ ދަރިވަރުންގެ މަރުކަޒުގެ ކަރަންޓު ކަނޑާ މައްސަލަ ބޮޑުވެއްޖެއެވެ.

Advertisement

މިކަން ހާމަކުރައްވާ އިސްލާމިކު މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލެގައި ކީރިތި ޤުރުއާން ހިތު ދަސްކުރާ އިލްމް އިންސްޓިޓިއުޓްގެ ކަރަންޓް ކޭބަލްތައް މީގެ ދެ ދުވަސް ކުރިން ބުރިކޮށްލުމުން ކޭބަލްތައް ރަނގަޅު ކޮށް ބޭނުންކުރަން ފެށުމާ އެކު އަނެއްކާވެސް ކޭބަލްތައް ބުރިކޮށްލައިފި ކަމަށެވެ.

އެކަމުގެ ކަންބޮޑުވުމާ އެކު ޑރ. ޝަހީމު ވަނީ ފުލުހުން އެކަން ތަޙުޤީޤުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން އެ އިންސްޓިޓިއުޓް ވަށާ ހުރި ސީސީޓީވީ ކެމެރާތަކުން ބަލައި، އެ ސެންޓަރަށް ޓާގެޓްކޮށްގެން އެކަން ކުރަމުން ދަނީ ކޮން ބައެއްކަން ހޯދާ ފިޔަވަޅު އެޅުމަށް ޑރ. ޝަހީމު ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved