April 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ފިރީންނަށް ހަވާލުކުރެވިފައިވާ އެންމެ ބޮޑު އަމާނާތަކީ އޭނާގެ އަނބިދަރީން: ޚުތުބާ

Aminath Zara
އައިމިނަތު ޒާރާ
Oct 25, 2024, 09:17 PM
މާލެ ސިޓީ

ފިރީންނަކީ މާތް ﷲ ވަރަށް މަތިވެރި އަމާނާތެއް ހަވާލުކުރައްވައިފައިވާ ބައެއް ކަމަށާއި ފިރީންނަށް ހަވާލުކުރެވިފައިވާ އެންމެ ބޮޑު އަމާނާތަކީ އޭނާގެ އަނބިދަރީން ކަމުގައި މިއަދުގެ ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

Advertisement

އަނބި ދަރިންނަށް ޚަރަދު ކުރުން މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ގޮތުން، ފިރިމީހާ އޭނާގެ އަނބިމީހާއަށާއި ބައްޕަ އޭނާގެ ދަރީންނަށް ޚަރަދުކުރުމަކީ މާތްالله ވާޖިބުކުރައްވައިފައިވާ ކަމެކެވެ. އަދި މިކަން ކީރިތި ޤުރުއާނާއި ޙަދީޘުން ސާބިތުވާކަމަށެވެ.

މީގެ އިތުރުން، ދަރީންނަށް ޚަރަދުނުދީ ފިލައިގެން އުޅޭ މީހުންގެ އަދަދު އިތުރުވަމުންދާކަމަށާ، މިފަދަ ޢަމަލުތަކާ ގުޅޭގޮތުން ޤިޔާމަތް ދުވަހު ސުވާލުކުރެވޭނެކަމަށް މިއަދުގެ ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

މިފަދަ ކަންކަމާއި ބެހޭ ގޮތުން ގިޔާމަތްދުވަހުން ސުވާލުކުރެވޭނެ ކަމަށާއި އެހެންކަމުން އެ ގޮތަށް އުޅޭ މީހުން ވަގުތު ފާއިތުވުމުގެކުރީން ތައުބާވެ ﷲ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރުމަށް ޚުތުބާގައި ވަނީ ވަސިއްޔަތްކޮށްފައިވެއެވެ

ޚުތުބާގައި އިތުރަށް ބުނީ، ފިރިމީހާ އޭނާގެ މުދަލުން އަނބިދަރީންނަށް ހޭދަނުކުރާ ނަމަ އޭނާގެ އިޛުނައާ ނުލައި އަސާސީ ޙާޖަތްތައް ފުއްދޭ މިންވަރަށް ފިރިމީހާގެ މުދަލުން ނަގައި ހޭދަކުރުން އަނބިމީހާއަށް ހުއްދަވާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved