March 20, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރޭ ހިނގި ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހުންތައް ދޫކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Oct 26, 2024, 09:54 PM
މާލެ ސިޓީ

ރޭގައި ދެ ލޯންޗް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި 12 މީހުންގެ ތެރެއިން 2 މީހުން ފިޔަވާ އެންމެން ފަރުވާއަށް ފަހު ދޫކޮށްލައިފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުވި އެއް ލޯންޗަކީ ކޮއްދިއްޕަރު ޕީކޭޑީ-10 ނަމަކަށް ކިޔާ ލޯންޗެކެވެ. އަނެއް ލޯންޗަކީ ސެނޯރާ ނަމަކަށް ކިޔާ ލޯންޗެކެވެ.

ސެނޯރާ ލޯންޗު އައިސް ކޮއްދިއްޕަރު ލޯންޗްގައި ޖެހުމާއެކު ގޮނޑިތަކުގައި ތިބި މީހުން އެކި ތަންތަނަށް ވިއްސައިގެން ދިޔަ ކަމަށް ވެއެވެ.

އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ނުލިބުނު ނަމަވެސް ބައެއް މީހުންގެ ލޮލަށް ވިންޑް ސްކްރީން ތަޅައިގެން ދިއުމުގެ ސަބަބުން އެތިކޮޅުތައް ހެރިފައިވާކަމަށް ލޯންޗްއިން ދަތުރުކުރި ފަރާތްތައް ބުނެފައިވެއެވެ.

އަދި ބައެއް މީހުންގެ ނޭފަތާއި އަނގަމަތި ފަޅައިގެން ގޮސްފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved