May 3, 2026
Advertisement
އަލީ ޝާހު އަދި ލަތީފް
އަލީ ޝާހު އަދި ލަތީފް / ތޭރަ އޮންލައިން

ރައީސް ޔާމީން މިނިވަން ކުރުމަށް ޑރ މުއިއްޒު ކުރި އެއްވެސް ކަމެއް ނެތް: ޝާހު

Fathmath Reem
ފާތުމަތު ރީމް
Feb 2, 2024, 04:56 PM
މާލެ ސިޓީ

ރައީސް ޔާމީން މިނިވަން ކުރުމަށް ޑރ މުއިއްޒު ކުރި އެއްވެސް ކަމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝެނަލް ފްރޮންޓް ( ޕީއެންއެފް ) ގެ ފަރާތުން ރައްޔިތުން މަޖިލިސް އިންތިހާބުގައި ވިލިގިލީ ދާއިރާ އަށް ކުރިމަތި ލެއްވާ އުސްތާޒް އަލީ ޝާހު ވިދާޅުވެއްޖެއެވެ.

Advertisement

ޝާހު މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެރޭ ޗެނަލް 13 އިން ގެނަސްދޭ ޕީއެންއެފްގެ އަދާހަމަ ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހު ވިދާޅުވީ ޑރ މުއިއްޒުގެ ވެރިކަން މިއަދާ ހަމައަށް އައި އިރުވެސް ސަރުކާރުން އަދި ހުދު ޑރ މުއިއްޒުވެސް ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި ކުރެއްވި އެއްވެސް ކަމެއް ނެތް ކަމަށެވެ.

ޑރ މުއިއްޒު ވެރިކަން މިއަދާ ހަމައަށް އައި އިރުވެސް ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި ސަރުކާރުން ކުރެވުނު، ޑރ މުއިއްޒު ކުރެއްވި އެއްވެސް ކަމެއް ނެތް

އުސްތާޒް އަލީ ޝާހު

މީގެ އިތުރުން ޝާހު ވިދާޅުވީ ޑރ މުއިއްޒުގެ ކިބައިގައި މުނާފިގުންގެ ސިފަ އެބަހުރި ކަމަށާއި ސަބަބަކީ ވައުދުވެ ވައުދު ނުފުއްދަވާތީ ކަމަށެވެ.

އެގޮތުން ޝާހު ވިދާޅުވީ ޑރ މުއިއްޒު އެންމެ ފުރަތަމަވެސް ވައުދުވީ ހުވާ ކުރަން ވަޑައިގަންނަވާނީ ރައީސް ޔާމިން މިނިވަން ކުރެއްވުމަށް ފަހު ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved