އާންމުންގެ ޝަކުވާ އާއި ފާޑުކިޔުންތައް ބޮޑުވެ “ފަލަސްތީނާއެކު ދިވެހިން”ޓެލެތޯނުން ލިބުނު ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އޭޖެންސީ ފޯރ ޕަލަސްތީނިއަން ރެފިއުޖީޒް (އަންރުވާ) ފޮނުވާފައިކަމުގެ ރަސީދުތަކެއް އާންމުކޮށްފިއެވެ.
މިނިސްޓްރި އޮފް ފޮރިން އެފެއާޒް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އޭޖެންސީ ފޯރ ޕަލަސްތީނިއަން ރެފިއުޖީޒް (އަންރުވާ) އަށް 2024 އޮގަސްޓް 20 ވަނަ ދުވަހު ހަވާލުކޮށްފައިވާ ކަމަށެވެ.
މި ޓެލެތޯން އިން $56.1,248,826ލިބިފައިވާ އިރު މިފަދަ ބޮޑު އަދަދެއްގެ ފައިސާ ހަވާލުކުރި ކަން ހާމަނުކޮށް ގިނަ ދުވަސްވެގެން ދިޔުމަކީ މި ޓެލެތޯންގެ މަގްސަދު ހާސިލުނުވެ މިކަމަށް ރައްޔިތުންގެ ފަރާތުން ސަރުކާރަށް ޝައްކު އިތުރުވެގެން ދާނެ ކަމެއް ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އޮޑިޓް ފާމް އެއް ކަމުގައިވާ ކްރޯވ މޯލްޑިވްސް އެލް އެލް ޕީ އިން ކޮންފަރމް ކޮށްފައިވާ ކަމަށް ބުނެފައިވީނަމަވެސް، ރައްޔިތުންގެ ޖީބުން ހޭދަކޮށް މިހާ ބޮޑު އަދަދެއްގެ ވާނުވާ ހާމަނުކޮށް ދިގުލައިގެން ދިޔުމަކީ ސަރުކާރަށް އޮތް އިތުބާރު ކުޑަވެގެންދާނެ ކަމެކެވެ.