March 19, 2026
Advertisement
މުހައްމަދު މަލީހު ޖަމާލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
މުހައްމަދު މަލީހު ޖަމާލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ޕީޕީއެމް ލޯގޯ ބޭނުންކުރުމުގެ ބޭނުމެއް ނެތް: މަލީހު

Fathmath Reem
ފާތުމަތު ރީމް
Feb 2, 2024, 06:10 PM
މާލެ ސިޓީ

ޕީޕީއެމްގެ ލޯގޯ މިހާރު ބޭނުން ކުރުމުގެ ބޭނުމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝެނަލް ފްރޮންޓް ( ޕީއެންއެފް ) އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މަލީހު ވިދާޅުވީ ޕީޕީއެމްގެ ލޯގޯ މިހާރު ބޭނުން ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި ކުރިއަށް މިއޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމް ވާދަނުކުރާ ކަމަށެވެ.

މީގެ އިތުރުން ބޯޑެއް ކަނޑު އަޑީއަށް ގޮސްފައިވާ މަންޒަރެއް ދައްކާލުމަށް ފަހު މަލީހު ވިދާޅުވީ ޕީޕީއެމް ލޯގޯއާ އެ ބޯޓާ ތަފާތެއް ނެތް ކަމަށާއި ދޭތިވެސް ވަނީ ފެތިފައި ކަމަށެވެ.

އެހެންނަމަވެސް ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީ ޕީއެންއެފް ދާނީ ކަދަކޮށް ކުރިއަށް ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved