ޓްރާންސްޕޯޓު މިނިސްޓަރު އަމީން / ރައީސް އޮފިސް
ސިޔާސީ
ހަދާނެ ނުހަދާނެ ނޭނގިގެން ސަރުކާރުން ޓެކްސީ ވިޔަފާރިއަށް ވެސް ވަންނަނީ
Aishath Naja
އައިޝަތު ނަޖާ
29 އޮކްޓޯބަރު 2024
މާލެ ސިޓީ

އައު ކާރުތަކެއް ގެނެސް، ސަރުކާރުން ޓެކްސީ ވިޔަފާރިއަށް ވަންނަން އުޅޭކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އަމީން މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިގްތިޞާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އަމީން ވިދާޅުވީ ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލު ކުރަން ނިންމާ އެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އަދި ހިދުމަތް ދޭން ފަށާނީ މުޅިން އާ ކާރުތައް ގެނެސްގެން ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އޭގެއިތުރުން އެތަކެތި ޕާކުކުރަން ބިންތައް ކަނޑައަޅާ ކުރިޔަށް އޮތް 10 ވަރަކަށް ދުވަސްތެރޭ މިނިސްޓްރީއަށް ލިބޭނެކަމަށްވެސް އަމީން ފާހަގަކުރެއްވެވި އެވެ.

ސަރުކާރުން ޓެކްސީ ވިޔަފާރިއަށް ވަދެ، ޓެކްސީ ވިޔަފާރި ކުރާ ފަރާތްތަކަށް ދަތި ކުރަން އުޅޭތީ އާންމުން އަންނަނީ ފާޑިކިޔަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved