March 20, 2026
Advertisement
އެކްސިޑެންޓުގައި ހަލާކުވެފަިވާ ކާރު
އެކްސިޑެންޓުގައި ހަލާކުވެފަިވާ ކާރު / ތޭރަ އޮންލައިން

ބުރިޖު ހައިވޭގައި ހުރި ސޯލާ ޕެނަލް ތަކުގައި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Feb 2, 2024, 11:34 PM
މާލެ ސިޓީ

ބުރިޖު ހައިވޭގައި ހުރި ސޯލާ ޕެނަލްތަކުގައި ކާރަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

Advertisement

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މެންދުރު 12:31 އެހާކަންހާއިރު ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވިނަމަވެސް، ކާރާއި ސޯލާ ޕެނަލްތަކަށް އެކި ވަރުގެ ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތުދެއްވާފައެވެ.

އިތުރަށް ފުލުހުން ވަނީ މި މައްސަލަ ތަހުގީގުކުރަމުންދާކަމަށްވެސް ފާހަގަކުރައްވާފައެވެ.

މީގެ ކުރިން ވެސް އާންމު ރައްޔިތުން ވަނީ ހައިވޭގައި ސޯލާ ޕެނަލް ހަރުކުރުމާއި ދެކޮޅަށް ވާހަކަ ދައްވާފައެވެ.

އެހެން ނަމަވެސް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ސޯލާ ޕެނަލްތައް އެތައް ނުރުހުމަކާއި ކުރިމަތި ލުމަށްފަހު ވެސް ހައިވޭގައި ހަރުކޮށްފައެވެ.

މިއަދު ހިނގައިދިޔަ މި އެކްސިޑެންޓާއި ގުޅުވައި ގިނަ ބަޔަކު ދަނީ އެއީ ރައީސް އިބުރާހިމްގެ ހަމަ ނުޖެހޭ މަޝްރޫއުތަކުގެ ސަބަބުން ސޯލާ ޕެނަލްތަކަށްވެފައިވާ ގެއްލުމެއް ކަމަށް ތުހުމަތުކޮށްފައެވެ.

އަދި ބުނަމުންދަނީ އެތައް ރުފިޔާއެއްގެ މުދާ ބޭކާރު ގޮތުގައި ހަލާކުވީކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved