March 15, 2026
Advertisement
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ / ސޯޝަލް މީޑިއާ

ހަނުހުރުމަކީ މުއުމިނުންގެ ސިފަތަކުގެ ތެރޭގައި ހިމެނޭ ސިފައެއް: ޚުތުބާ

Aminath Zara
އައިމިނަތު ޒާރާ
Nov 2, 2024, 12:56 AM
މާލެ ސިޓީ

ހަނުހުރުމަކީ މުއުމިނުންގެ ސިފަތަކުގެ ތެރޭގައި ހިމެނޭ ސިފައެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

Advertisement

”ހަނު ހުރުމުގެ އަޚްލާގު“ މައުޟޫއަށް އަލި އަޅުވާލައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ވަނީ ހަނުހުރުމުގެ މުހިންމުކަމާއި، ބޭކާރު ވާހަކަތަކުން ދުރުހެލިވުމުގެ މައްޗަށް އަލިއަޅުވާލައްވައިފިއެވެ.

ހިފެހެއްޓުމެއް ނެތް ދުލަކީ ޝައިތާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެއް ކަމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ. އަދި ބާތިލް ވާހަކަތަކާ ދުރުހެލިވެ ހުރެއްޖެނަމަ އޭނާ ވާނީ ސުވަރުގޭގެ އަހުލުވެރިއަކަށް ކަމަށް ވިދާޅުވެފައިވެއެވެ. އޭނާ ބާތިލް ވާހަކަ ދައްކަން ފަށައިފިނަމަ ޝައިތާނާ އޭނާ އަތަށް ދަމަން ފަށައިފާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މިއާއެކު ޚުތުބާގައި ބުނީ އިންސާނާއަށް އޭނާގެ ބަސްތައް ކޮންޓުރޯލުނުކުރެވިއްޖެ ނަމަ، އޭނާއަކީ އަނގަ ހުތުރު، ހިތް ފަސާދަވެފައިވާ މީހަކަށް ވެދާނެ ކަމަށެވެ.

ޚުތުބާގައި އިތުރަށް ބުނީ، އިންސާނާ ވަޒަން ކުރެވޭނީ އޭނާގެ ދުލުން ބުނާ ބަސްތަކުން ކަމަށާ، މީހަކު ހަނުހުރެއްޖެ ނަމަ އޭނާއާ މެދު ނިޔާއެއް ކަނޑައަޅާކަށް ނޭނގޭނެ ކަމަށެވެ. ނަމަވެސް ވާހަކަދައްކައިފި ނަމަ، އޭނާގެ ޝަޚްޞިއްޔަތު ފާޅުވެ، ހަރުދަނާކަމާއި ދޯހަޅިކަން ފެނިގެންދާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved