ހދ.ކުޅުދުއްފުށި ސަމޭދާން ގޭގައި ރޯވެ އަދަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިއީ މި ގޭގައި އަލިފާން ރޯވާ ދެވަނަ ފަހަރު ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ އިރުކޮޅެއް ކުރިން ރޯވި މި އަލިފާންގަނޑު ނިއްވަން އެމްެއެންޑީއެފް މީހުން ހަރަކާތްތެރިވަމުން އެބަދެއެވެ.
މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވި ކަމަށް ރިޕޯޓްކޮށްފައި ނުވެއެވެ.