ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން
ސިޔާސީ
އަދުރޭއާ މުއިއްޒުގެ ގުޅުން އޮތީ ގޯސްވެފައި: މަލީހް
Aishath Naja
އައިޝަތު ނަޖާ
02 ނޮވެމްބަރު 2024
މާލެ ސިޓީ

މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲއާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ގުޅުން ހީނަރުވެފައިވާކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

މަލީހް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މަލީހް ވިދާޅުވީ އަދުރޭ އަދި ރައީސް މުއިއްޒުގެ ގުޅުން ގޯސްވެފައިވާކަމަށެވެ. އަދި އަދުރޭ ގުޅުމުން ރައީސް މުއިއްޒު ފޯނަށް ޖަވާބުނުދެއްވާކަމަށެވެ. އެގޮތައް ރައީސް މުއިއްޒު އަދުރޭ ގުޅުމުން ފޯނަށް ޖަވާބު ނުދޭތާ މަސްތަކެއްވެއްޖެ ކަމަށް ވެސް މަލީހް ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ.

އޭގެއިތުރުން މަލީހް ވިދާޅުވީ ޕީއެންސީ ތެރެއިން ވެސް އޭނާ ބޭރުކުރުމަށް ވަކި ފެކްޝަނެއް އެބައުޅޭކަމަށެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved