March 19, 2026
Advertisement
އިންޑިއާ ސިފައިން މަސްބޯޓް ތަކަށް، މަސްވެރިން ދެއްކީ ހިއްވަރު!
އިންޑިއާ ސިފައިން މަސްބޯޓް ތަކަށް، މަސްވެރިން ދެއްކީ ހިއްވަރު! / ތޭރަ އޮންލައިން

ދިވެހި މަސްވެރިންނަކީ އާދައިގެ ބައެއް ނޫން، ހެކި މިއޮތީ!

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Feb 3, 2024, 12:23 AM
މާލެ ސިޓީ

އެއްވެސް ޤައުމެއްގެ ރައްޔިތުން އަޅުވެތި ކަމެއްގެ ތެރެއަށްވެއްޓޭކަށް ނޭދޭނެއެވެ. އަދި އެފަދަ އަލާމާތްތަކެއް ފެންނަ ނަމަ ހިތްވަރު ގަދަ އެތައް ފަހުލަވާނަކު ފާޅުވެގެންދާނެވެސްމެއެވެ.

Advertisement

ނަޒަރު ހިންގާލަން މިއުޅެނީ، ދާދި އިހަކަށް ދުވަހު ފެންމަތި މައްސަލައެކެވެ.

ދިވެހިރާއްޖޭގެ އިޙްތިޞާސް ތެރޭގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްބޯޓަކަށް އިންޑިއާ ބަޔަކު އެރި ހަބަރު އަޑު އިވުމާއެކު މުޅި ސޯޝަލް މީޑިއާގައި ސުވާލުތަައް ފުނި ޖެހި ބަންޑުން ވާން ފެށިއެވެ.. އެއީ ކޮންބައެއްތޯ އާއި ކީއްކުރާ ބައެއް ތޯއެވެ. ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވާ ގޮތުން އެމީހުންގެ ހަބަރެއް ނުވެ ވެސް ދިޔައެވެ.

އިސާހިތަކު ދެން ފެތުނު އަޑަކީ އެ މަސްދޯންނިތަކަށް އަރައި އުޅުނީ އަވައްޓެރިންގެ ގޮތުގައި ތިބި ބޮޑުބޭބެ ކަމަށް ދައުވާ ކުރާ އިންޑިއާ ސިފައިން ކަމަށެވެ. މިހާ ހިސާބުން ދެން އުފެދިގެން އައި ސުވާލުތަކުގައި ޖަހަން ޖެހުނު ސުވާލުމާކުތައް ބޮޑުވިއެވެ. އެންމެ ފުރަތަމަ ވެސް އުފެދޭ ސުވާލަކީ ރާއްޖޭގެ އިހުތިޞާސް ތެރޭގައި އިންޑިއާ ސިފައިން ކީއްކުރަނީ ބާއެވެ؟ އެމީހުން ރާއްޖެއަށް ވަދެ އެއުޅެނީ ކޮން ބޭނުމަކު ތޯއެވެ؟ މިއީ ހައްތަހާވެސް އުފެދޭ ސުވާލުތަކެކެވެ.

މާ ލަސްތަކެއް ނުވެ ސޯޝަލް މީޑިއާގައި ވީޑިއޯތަކެއް ދައުރުވާން ފެށިއެެވެ. އިންޑިއާ ސިފައިން އަރައި ތިބި ދިިވެހި މަސްބޯޓުތަކުގެއެވެ. ވީޑިއޯތަކުގައި ވަރަށް ސާފުކޮށް އިންޑިއާ ސިފައިން ހަތިޔާރާއެކު ތިބި މަންޒަރު ފެނިގެންދެއެވެ. ބިރުގަންނާނެއެވެ. އެހެން ޤައުމެއްގެ ސިފައިން މިތިބީ ހަތިޔާރާއެކު އަރައެވެ. ނަމެވެސް މަސްދޯނީގައި ތިބި މަސްވެރިން ދެއްކީ ނަމޫނާ މިސާލެވެ. ގޮވަމުން ދިޔައީ މަސްދޯނިން ފޭބުމަށެވެ. އަދި ރާއްޖޭގެ އިހުތިޞާސް ތެރެއަށް ވަދެ އެތިބީ ގަވާއިދާއި ޚިލާފަށް ކަމަށެވެ.

ހަތިޔާރާއެކު ބޭރުގެ ސިފައިންތަކެއް އަރައި ތިއްބާ ދިފާއުގައި އަޑު އުފުލައި މިފަދައިން ހިތްވަރު ދެއްކޭނީ ކިހާ ގައުމިއްޔަތު ކަމެއް ލޭގައި ހުރީމަތޯއެވެ. މިއީ އަޅުގަނޑުމެން ފަހުރުވެރިވާން ޖެހޭ ވަރުގެ މަސްވެރިންނެވެ. ފަޚްރުވެރިކަމާ އެކު ދިފާއީ ބާރުން ދިން އިރުޝާދާ ލަފާގެ އަޑު އެ ސިފައިން ކުރިމަތީ އިއްވާލީ ބިރެއް ނެތި ފަސް ޖެހުމެއް ނެތިއެވެ.

މަސްވެރިން މިފަދަ ހިތްވަރެއް ހަތިޔާރާ ބާރާގެ ކުރިމަތީ ދެއްކި އިރު ފިނި ކޮޓަރީގައި ތިބި ގައުމުގެ އިސްވެރިނަށް މިކަމާއި ގުޅިގެން މާ ބޮޑު އަހައްމިއްޔަތު ކަމެއްނުދެވުނެވެ. މައްސަލަ ބަލަމުންދަނީއެވެ. ނުވަތަ ބަލާނަމެވެ. އަބަދުވެސް މިހާވަރަކުންނެވެ. އަވައްޓެރި އިންޑިއާ އިން ކެނޑިނޭޅި ރާއްޖެއަށް ދެމުންދާ މިފަދަ އިންޒާރު ތަކާއި ދެކޮޅަށް ސަރުކާރު ނިކުންނާނެ ދުވަހެއް އަންނާނެބާ؟ ނޫނީ ހަމަ ނިމިދިޔަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ފަދައިން ޕަޕެޓަކަށްވެ، ޤައުމު ގުރުބާންކުރާނީތޯއެވެ.

ކޮމެންޓު
ކޮމެންޓްތައު
Wil
Feb 3, 2024, 12:46 PM
Adhives hama tha jehen vee dhivehi raajjeyge kanduge sadahdhakah beyru gaumuge askaree ulhandhe vadhe mas verinah biru dhakaa gaumuge minivan kan gehluvaala rahyithun biru veri kamakah vahtalaa iru hama jehigen thiben veetho
Kad
Feb 3, 2024, 12:29 PM
Yes, dhivehi masverinnakee satheyka. Dhivehi konme dhariyeh gain ves e rooh fennaane. E vagutheh / haalatheh medhuveri veema. In Sha Allah mi ee fakhuruveri dhivehi❤️
Kad
Feb 3, 2024, 12:27 PM
Pis pis. Hama jehibala. Kameh nuvehen thelheyvareh nuvey dho adhi. Eyothee kuhverikohfa. Iyye mendhuru hingi haadhisaa eh. Muizzu AA behigannan hama thayyaarah mithibeny. Raees Yaamen ge siyaasathu e follow kuranee Muizzu noolhey boduvegen. Hamajehibalu
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved