ރައީސް ޑރ މުހައްމަދު މުއިއްޒު އަކީ އަޚްލާގީ ތަރުބިއްޔަތެއް ނެތް ދިވެހި ދަރިއެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޖަމީލް އިތުރަށް ވިދާޅުވީ ދޮގު ހެދުމާއި ރައްޔިތުންނަށް އޮޅުވާލުމަކީ ކިހާ ބޮޑު ފާފައެއް ކަމަށް މުއިއްޒު އަށް އެގިވަޑައިނުގަންނަވާ ކަމަށެވެ.
ގައުމަކާއި ހަވާލުވެގެން ހުރެ އެ ގައުމެއްގެ ރައްޔިތުންނަށް އޮޅުވާލާ ދޮގު ހެދުމަކީ ގައުމަށް ޣައްދާރުވުން ކަމުގައި ޖަމީލް ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ވެރިކަން ހޯއްދެވުމަށް ރައީސް ޔާމީންގެ ހުސް ގޮނޑި ދެއްކެވުމަށްފަހު އެމަނިކުފާނު ކޮށްދެއްވި ހެޔޮ ކަންތައްތަކުގެ ބަދަލުގައި ދިނީ ބޮޑު ލަނޑެއް ކަމަށް ވިދާޅުވިއެވެ.
އަދި ރައީސް ޔާމީންގެ ޝަރީއަތް ބޭނުންކޮށްގެން އަމިއްލަ ފައިދާ ކުރިއަށް ނެރެ ވަނީ ދޮގާއި މަކަރުން ރައްޔިތުން ހައްލާލާފައެވެ.
މުއިއްޒު އަކީ ނުބައި ބެލެނިވެރިކަމުގެ ހެއްކެއް ކަމަށް ޖަމީލް ސިފަކުރެެއްވިއެވެ.