March 19, 2026
Advertisement
ޑރ. ޖަމީލް
ޑރ. ޖަމީލް / ޝަފްރާޒް | ތޭރަ އިމޭޖްސް

ރައީސް މުއިއްޒުގެ ކެބިނެޓަކީ ބައު މުދާ ވިއްކާ ނީލަން ފިހާރައެއް: ޑރ.ޖަމީލް

Mariyam Isaadha
މަރިޔަމް އިސާދާ
Nov 4, 2024, 11:51 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓަކީ ބައު މުދާ ވިއްކާ ނީލަން ފިހާރައެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ސިފަކުރައްވައިފިއެވެ.

Advertisement

ޑރ. ޖަމީލު މިފަދައިން ސިފަކުރެއްވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންްއެފް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ ޖަމީލު ވިދާޅުވީ، ކެބިނެޓެއް ބޭނުމަކީ ރައްޔިތުންނަށް ދޭންވާ ހިދުމަތްތައް އެންމެ ރަގަޅު ގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވަނެ މަގު ކޮށާ އެ ރާސްތާ، ރައީސުލްޖުމްހޫރިއްޔާއަށް ދައްކަން ތިބި ބޭފުޅުން ތިއްބަވާ ތަނަކަށްވީ ނަމަވެސް މިހާރު އޮތް ކެބިނެޓުގައި އެ ގާބިލުކަން ހުރި ބޭފުޅުން ނެތް ކަމަށެވެ. އަދި ފެންނަމުން ދަނީ ކެބިނެޓުގައި ތިބި ވަޒީރުންގެ ނާގާބިލުކަމުން ރައްޔިތުންނަށާ ގައުމަށް އޭގެ ނުރައްކަލާ ގެއްލުންވަމުންދާ މަންޒަރު ކަމަށާ އެގޮތުން މިސާލެއްގެ ގޮތުގައި ޑރ ޖަމީލު ނެންގެވީ ފޯޅަވަހި މޮރިޝަސްއަށް ދިނުމުން އެތަން އަނބުރާ ހޯދުމަށް އެޓަރނީ ޖެނެރަލު މަސައްކަތްނުކުރައްވާ ހުންނެވުމަށް ފަހު އެކަން އިނގިރޭސިވިލާތާ ޖާމިނުކުރުމަށް މަސައްކަތްކުރެއްވި ކުރެއްވުމުގެ މިސާލެވެ.

ވަޒީރުންގެ މަޖިލީހުގައި ތިއްބަވާނީ އާންމުންގެ ވިސްނުމަށް ވުރެ ވިސްނުން ރަގަޅު ބޭފުޅުން. އެއީ ރައީސުލްޖުމްހޫރިއްޔާއަށް ލަފަޔާ އިރުޝާދު ދޭން ތިއްބަވާ ބޭފުޅުން. ނަމަވެސް މުއިއްޒުގެ ކެބިނެޓު ފެނުމުން އަޅުގަޑަށް ދިފަވަނި ބައު މުދާ ވިއްކާ ނީލަން ފިހާރައެއްގެ ގޮތުގައި. މި ސަރުކަރުގެ ވަޒީރުންގެ މަޖިލީހުގެ 20 އަކަށް ޕަސެންޓު ފިޔަވާ ދެން ތިބީ ހަމަ މީހުން ބޭނުންނުކުރާ މުދަލުގެ ގޮތުގައި ތިއްބެވި ބޭފުޅުން

ޑރ ޖަމީލު

ޑރ ޖަމީލު ވިދާޅުވީ މަތިބަރު ސަރުކާރެއް އޮތް ނަމަވެސް ރައްޔިތުންނަށް އޭގެ ފައިދާ ނުވާކަމަށާ އަހަރެއް ވެގެންދާއިރު ނީލަ ކޯރު ފުރެންދެން ރައީސް މުއިއްޒު ދިވެހިންނަށް ވީ ވައުދުގެ އެއްވެސް ވައުދެއް ނުފުއްދޭ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved