March 19, 2026
Advertisement
އަބްދުލް ހަސީބު އިސްމާއިލް
އަބްދުލް ހަސީބު އިސްމާއިލް / ފޭސްބުކް

އީސީއަށް ހަސީބު އައްޔަން ކުރުމަށް މަޖިލީހުން ރުހުންދީފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 5, 2024, 07:45 PM
މާލެ ސިޓީ

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އަބްދުލް ހަސީބް އިސްލާއިލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

Advertisement

މިހާރުގެ އީސީގެ ރައީސް ފުއާދު ތައުފީގުގެ ދައުރު މި މަހުގެ 24އަށް ހަމަވާތީ އެ މަގާމަށް ހަސީބު އައްޔަނުކުރުމަށް މަޖިލީހަށް އޭނާގެ ނަން ފޮނުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ހަސީބަށް ރުހުން ދިނުމަށް މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 67 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ހަސީބްގެ ނަން ފާސްކުރުމުގެ ކުރިން އޭނާ އެ މަގާމަށް އެކަށީގެންވޭތޯ ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވިއެވެ.

އެގޮތުން ކޮމިޓީން ހަސީބާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި, އޭނައާ އިންޓަވިއު ވެސް ކޮށްފައިވެ އެވެ. ކޮމިޓީ ރިޕޯޓު ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު, މާފުށި ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާ އާދަމް ވިދާޅުވީ ޝަކުވާއެއް ލިބިފައި ނުވާ ކަމަށާއި އިންޓަވިއުއިން ހަސީބަށް 88.88 ޕަސެންޓް މާކްސް ލިބިފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved