މާލޭގައި ތިން ފަންގިފިލާގެ ދާއިމީ މިސްކިތެއް ބިނާ ކުރުމަށް ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މި މިސްކިތުގައި ޤުރުއާން ކްލާސްތަކާއި ލައިބްރަރީ ވެސް ހިމެނޭހެން ކަމަށް މިނިސްޓަރ ފާހަގަކޮށްފައިވެއެވެ.
އަމިއްލަ ފަރާތްތަކަށް އެ މީހުންގެ އަމިއްލަ ހަރަދުގައި މިސްކިތް އެޅުމަށް ވެސް ސަރުކާރުން ހުއްދަ ދީފައިވެއެވެ.
މި ހުއްދައިގެ ދަށުން ތަރައްގީ ކުރަމުންދާ ނުވަ މިސްކިތް ދެ އަހަަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނޭ ކަމަށް މިނިސްޓަރު ޝަހީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ
މިނިސްޓަރގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ގިނަގުން މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ފާހަގަކުރެވެއެވެ.