April 4, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ސަލާމަތީ ހިދުމަތުގެ ވަޒީފާ ދޭންވާނީ އިލްމީ މީހުންނަށް: ރައީސް ޔާމީން

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 5, 2024, 07:51 PM
މާލެ ސިޓީ

ސިފައިންގެ އާއި ޕޮލިހަށް ވައްދަން ވާނީ އިލްމީ މީހުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިހެން ވިދާޅުވެފައި މިވަނީ އޯލެވަލް ނިންމާ ކުދިންގެ ތެރެއިން އޭލެވަލްއަށް ނުދާ ކުދިންނާއި ވަޒީފާ ހޯދުމަށް ދަތިވާ ކުދިންނަށް އަސްކަރީ ތަމްރީން ހެދުމަށް މަޖުބޫރުވާ ގޮތަށް ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނަސްރު ދުވަހުގެ ޖަލްސާގައި ވިދާޅުވެފައި ވަނިކޮށެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިއަދު ސިފައިންގެ އާއި ފުލުހުންގެ މުއައްސަސާއަށް ބޭނުން ވަނީ ނަތީޖާ ދަށް ފަރާތްތަކެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ އެންމެ ވަރުގަދަ ދެ މުއައްސަސާ ކަމަށްވާއިރު އެ ތަންތަނަށް ވަންނާނެ ރަގަޅު އިލްމީ މީހުން މިހާރު ވާނެ ކަމަށެވެ.

ސިފައިންނާއި ފުލުހުންގެ ތެރޭގައި އެންމެ އެކަށީގެން ނުވާ މީހުންތަކެއް ނަގައިގެން ކީއްކުރަންހޭ މި އުޅެނީ. އެތަނުގައި ފޮޅާ ސާފުކުރަންހޭ މި އުޅެނީ. އެމީހުންގެ އިލްމީ ގާބިލުކަމެއް އޮންނަން ވާނެ، ހަމައެކަނި ފިޒިކަލް ތަމްރީނެއް ނޫނޭ

ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ސިފައިންނާއި ފުލުހުންނަކީ އަބަދު މަގުމަތީގައި އެނބުރެންޖެހޭ ބައެއް ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އަދި އެ ދެ މުއައްސަސާއަށް ބޭނުންވާ ވަސީލަތްތަކާއި ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދޭންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ނުކިޔަވާ މީހުން ދިފާއީ ބާރަށް ވެއްދުމަށް ރައީސް މުއިއްޒު ހިތްވަރު ދީ ދެއްކި ވާހަކަތަކަށް އެމަނިކުފާނަށް ވަނީ އާންމުންގެ މަލާމާތާއި ފާޑުކިޔުން އަމާޒުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved