3 ނޮވެމްބަރު 1988 ގައި ޝަހިދުވެގެން ދިޔަ ހުސެއިން އާދަމްގެ ޒިކުރާ އައުކުރުމުގެ ހައްގު ރައީސް މުހައްމަދު މުއިއްޒަށް ނެތް ކަމަށް ޕިއެންއެފްގެ އިސް ސަފުގައި މަސައްކަތްކުރައްވާ އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިފަދައިން ވިދާޅުވީ ނަސްރުގެ ދުވަހުގެ މުނާސަބާއާ ގުޅުވާ ޕީއެންއެފުން ބޭއްވި ޚާއްސަ ޖަލްސާގައި ވާހަަކް ދައްކަވަމުންނެވެ.
ވައްޑެ ވިދާޅުވީ ނޮވެމްބަރު 3ގެ ހަނދާން އައުކޮށް ނިމިދިޔަ ފަސް އަހަރު އެ ދުވަސް ފާހަގަކުރުން ހުއްޓާލާފައި ކުރީގެ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުން އޮތް ކަމަށާ އަދި އެދުވަހުގެ ޒިކުރާ އައު ކުރުމަކީ އޭނާއަށް ލިބިގެންވާ ހައްގެއް ނޫންކަން ދިވެހި އެންމެހާ ރައްޔިތުންނަށް އެނގޭ ކަމަށެވެ.
އެގޮތުން ރައީސް އިބްރާހިމުގެ ބަފައިބެ ސިއްކަ އަހުމަދު އިސްމާއިލް މަނިކު އަޑީގައި ހުރެގެން ދިން އުދުވާނީ ހަމަލާއަކަށް އެ ހަމަލާވުމުން އެކަމުގައި ބަސްބުނުމުގެ ހައްގު އޭނާއަށް ނުލިބޭނެ ކަން ފާހަގަކޮށް ވައްޑެ އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒަށް ވެސް މިއަދު ވަނީ އެ ހައްގު ގެއްލިފައި ކަމަށެވެ.
ސަބަބެއްކަމުގައި ވައްޑެ ވިދާޅުވީ ނޮވެމްބަރު 3ގެ އުދުވާނުގެ ފަހަތުގައި އިންޑިއާގެ މަކަރުވެރި ރޭވުން އޮތްކަމާ އަދި އެފަދަ ބަޔަކާއެކު ގާތް ގުޅުމެއް އުފައްދަން މި ސަރުކާރުން އަރުވާ ޖަހާ އެކަމަށް މަގު ފަހިކުރަމުން ދާ ދިއުމެވެ.
މިއީ އިންޑިއާއެކު އެއްބަސްވުންތައް ނުހަދާނެކަމުގެ ވައުދާ އެކު އައި ބައެއް. އަދި ކުރީގެ ސަރުކާރުން ހަދާފައި ހުރި ގޮތް ނޭނގޭ އެގްރިމަންޓުތައް ހާމަކުރާނެކަމަށް ބުނި ބައެއް. ނަމަވެސް ވެރިކަމަށް އައުމަށް ފަހު ރާގު ބަދަލުވެ މިހާރު ފެންނަމުން މިދަނީ އިންޑިއާ ގާތް ގުޅުން ބާއްވަމުންދާ މަންޒަރު. އެހެންކަމުން އިބްރާހިމު މުހައްމަދު ސޯލިހެކޭ އެއްފަދައިން މުއިއްޒަށް ވެސް ނެތް ކުޅުދުއްފުށީ ޝަހީދު ހުސެއިން އާދަމްގެ ޒިކުރާ އައުކުރުމުގެ ހައްގެއް އަޅުގަޑު ދެކޭ ގޮތުގައި.
ވައްޑެ ވިދާޅުވީ 2013 އިން 2018އަށް ރާއްޖޭގައި ކުރި ވެރިކަމުގައި ފިޔަވާ ދެން ކުި ހުރިހާ ވެރިކަމެއް ވެސް ކުރީ އިންޑިއާގެ ބަރޯސާވެގެން ކުރި ވެރިކަންތައް ކަމަށެވެ.