ހޫނު ހަބަރު / ތޭރަ އޮންލައިން
ހަބަރު, ދުނިޔެ
ޤަވާއިދާއި ޚިލާފަށް އިންޑިއާ ސިފައިން ރާއްޖޭގެ ކަނޑުގައި ހަރަކާތްތެރިވި ސަބަބު ހާމަކުރަން ދަންނަވައިފި
Hanaan Naeem
ހަނާން އަހުމަދު ނަޢީމް
02 ފެބްރުއަރީ 2024

ޤަވާއިދާއި ޚިލާފަށް ރާއްޖޭގެ އިޙުތިޞާސް ތެރެއަށް ވަދެ މަސްދޯނިތަކަށް އަރައި ހަރަކާތްތެރިވި ސަބަބު ހާމަކުރަން ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާގެ ސަރުކާރުގައި ދަންނަވައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ދިފާޢީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައެވެ.

އެގޮތުން އެބަޔާނުގައި ވަނީ، 31 ޖަނަވަރީ ވީ ދުވަހު ހއ.ދިއްދޫގެ އިރުއުތުުރުން 72 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ ، އދ މަހިބަދޫގެ މަސްދޯންޏެއް ކަމަށް ވާ އަސުރުމާ-3 އަށް ބޭރުގް އަސްކަރިއްޔާގެ ބަޔަކު އަރައި ތިބި ކަމުގެ މައުލޫމާތު ޤައުމީ ދިފާޢީ ބާރަށް ލިބުމާއެކު އެ ލޮކޭޝަން ކަށަވަރުކޮށް އެ ސަރަހައްދަށް ދިފާޢީ ބާރގެ އުޅަނދެއް ފޮނުވާފައިވާނެ ކަމަށެވެ.

އެގޮތުން އެ އުޅަނދު ފޮނުވުމަށްފަހު އެ ސަރަހައްދުން އިތުރު 2 މަސްދޯންޏަކަށް ( މާހޮރާ-3 އަދި ނިރު-7) އަށް ވެސް ބޭރުގެ އަސްކަރިއްޔާއިން އެރި ކަމަށް ވެސް އެ ބަޔާނުގައިި ވަނީ ހާމަކޮށްފައެވެ. އަދި ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ، އިންޑީއާގެ ކޯސްޓު ގާޑް ޝިޕް 246 އަދި ޝިޕް 253 އަށް ނިސްބަތްވާ ބޯޑިންގ ޓީމުތަކުން ކަމަށްވެސ ވަނީ ހާމަކުރައްވާފައެވެ.

އިތުރަށް އެ ބަޔާނުގައި ވަނީ މިހާރު އިންޑިއާގެ ސަރުކާރުގެ ފަރާތުން ރަސްމީކޮށް އިންޑިއާގެ ސިފައިން، ރާއްޖޭގެ މަސްކަނޑުގައި ގާވާއިދާއި ޚިލާފަށް ވަދެ ހިންގި އޮޕަރޭޝަނުގެ ތަފްސީލު ހާމަކުރުމަށް ދަންނަވާފައިވާކަމަށެވެ.

އިންޑިއާ ސިފައިން ރާއްޖޭގެ މަސް ދޯނިތަކަށް އަރާފައިވަނީ ހަތިޔާރާއެކުގައި ކަން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ހާމަވެގެންދެއެވެ. މި ހާދިސާގައި އާންމު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، މަސްވެރިން އެބޭފުޅުންގެ ޤައުމިއްޔަތު ކަމާޢި ހިއްވަރު ދައްކާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved