

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސީނިއަރ މެނޭޖްމަންޓް ޓީމް (އެސްއެމްޓީ)ގެބައްދަލުވުން ބާއްވައިފިއެވެ.
މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
މި ބައްދަލުވުމުގައި ކުރިއަށް ރާވާފައިވާ ކަންތައްތަކާއި މީޑިޔާ ޕްލޭނިންގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ފާއިތުވި އަހަރުގެ ތެރޭގައި އެ ވުޒާރާއިން ވަނީ ތަފާތު ގިނަ ފޯރަމްތަކާއި ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައެވެ.
މި ޕްރޮގްރާމްތަކަށް ގިނަ ބަޔެއްގެ ތަރުހީބުވެސް ލިބިފައިވާ ކަން ފާހަގަކުރެވިފައިވެއެވެ.