March 19, 2026
Advertisement
މަޖިލިސް ކޮމިޓީ ބައްދަލުވުމުގައި
މަޖިލިސް ކޮމިޓީ ބައްދަލުވުމުގައި / ރައްޔިތުންގެ މަޖިލިސް

ތިން މިނިވަން މުއައްސަސާއެއްގެ މެންބަރުންތަކެއްގެ އިތުބާރު ނެތް މައްސަލަތަކެއް!

Mariyam Isaadha
މަރިޔަމް އިސާދާ
Nov 7, 2024, 02:28 AM
މާލެ ސިޓީ

ތިން މިނިވަން މުއައްސަސާއެއްގެ މެންބަރުންތަކެއްގެ އިތުބާރު ނެތް މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓިއަށް ހުށަހަޅައިފިއެވެ.

Advertisement

އެގޮތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުން އަލީ ނަޝާތާއި މުހައްމަދު އާސިފުގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު ތޯހާ މުހައްމަދުގެ އިތުބާރު ނެތް މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ހުށަހަޅާފައެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މި މައްސަލަ ހުށަހެޅުއްވީ ކާކު ކަމެއް ސާފެއް ނޫނެވެ. ކޮމިޓީން މިއީ "ހައްސާސް" މައްސަލައެއް ކަމަށް ނިންމައި ކޮމިޓީގެ އެބައި ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. ކޮމިޓީ ސިއްރުކުރުމުގެ ކުރިން ކުރިއަށް ދެކެވުނު ވާހަކަތަކުގައި އެ ކޮމިޝަންތަކުގެ މެންބަރުންނާ ގުޅޭ ގޮތުން އެ ކޮމިޓީއަށް ސިޓީތަކެއް ލިބިފައިވާ ކަމަށް ފާހަގަކުރި އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި އެންމެންނަކީ ވެސް ކުރީ ސަރުކާރުގެ ދުވަސްވަރު އަދި ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ދުވަސްވަރު އެ މުއައްސަސާތަކަށް އައްޔަންކޮށްފައިވާ މެންބަރުންނެވެ.

މިފަދަ މައްސަލައެއް ހުށަހަޅާފައި މިވަނީ، އޭސީސީ އާއި އިލެކްޝަންސް ކޮމިޝަނުގެ ރައީސުން އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ދޭ ގޮތަށް ގާނޫނުތައް ބަދަލުކުރަން އުޅޭ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved