March 23, 2026
Advertisement
މުހައްމަދު މަލީހު ޖަމާލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
މުހައްމަދު މަލީހު ޖަމާލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ރައީސް ޔާމީންގެ ޕާޓީން ބާއްވާ މިރޭގެ ޖަލްސާގައިވެސް އައު ކެންޑިޑޭޓުން ފެނިގެންދާނެ: މަލީހު

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Feb 3, 2024, 06:44 PM

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އުފައްދަވާފައިވާ ސިޔާސީ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މިރޭގެ ޖަލްސާގައިވެސް މުޅިން އައު ކެންޑީޑޭޓުން ތަކެއް ތައާރަފްކޮށްދޭނެ ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއް ކަމަށްވާ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން އެޓްވީޓުގައި ވަނީ، މިރޭގެ ޖަލްސާގައިވެސް އައު ކެންޑީޑޭޓުން ތަކެއް ތަޢާރަފް ވެގެންދާނެ ކަން ހާމަކުރައްވާފައެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، ޕީއެންއެފްގެ ފްރަންޓް އޮފީހުގައި މިރޭ 20:45 ގައެވެ.

މީގެ ކުރިން ވެސް އެޕާޓީން ވަނީ ޖަލްސާތަކެއް ބާއްވައި، އެ ޖަލްސާ ތަކުގައި އެ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކެންޑިޑޭޓުން ތައާރަފް ވުމުގެ ފުރުސަތު ދީފައެވެ.

އެގޮތުން މިރޭގެ ޖަލްސާގައިވެސް އައު ކެންޑިޑޭޓުން ތައާރަފް ވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޔާމީން އައު ސިޔާސީ ޕާޓީއެއް އުފައްދާފައި ވަނީ، އެމަނިކުފާނު ކުރިން ހުންނެވި ކޯލިޝަނުގައި ސިޔާސީ މަަސައްކަތް ކުރުމަށް އެކި އެކި ފިއްތުންތަކާއިނ ހުރަސްތައް ކުރިމަތިވުމާއި ގުޅިގެންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved