March 19, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން / ޕީޕީއެމް

މައްސަލަތައް ބަލައިފިނަމަ ޖަލުން ނިކުންނާނެ އެކަކު ވެސް މި ސަރުކާރުގައި ނެތް: ރައީސް ޔާމީން

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 8, 2024, 05:38 PM
މާލެ ސިޓީ

މި ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ކޮރަޕްޝަންގެ މައްސަލަތައް ބަލައިފިނަމަ ޖަލުން ނިކުންނާނެ އެކަކު ވެސް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ހުރިހާ ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ލާން މަސައްކަތް ކުރަމުންދާ ކަމަށާއި ބާރު އޮތުމުން މިފަދަ ކަންކަން ކުރެވިދާނެ ކަމަށެވެ. އަދި މިފަދަ ކަންކަމުން ދުނިޔޭގެ މަލާމާތް ލިބޭއިރު ވެސް ސަރުކާރުގައި ތިބި ފަރާތްތަކަށް އެކަން ނޭނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ކޮރަޕްޝަންގެ މައްސަލަތައް ބަލައިފިނަމަ ޖަލުން ނިކުންނާނެ އެކަކު ވެސް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.

މި މީހުން ހިތުން މިހާރު އެ ފަހަނީ އެހެން ބަޔަކަށް ފަހާ ކޯޓު. އެކަމަކު އެހެނެއް ނޫން މާތްﷲ ގެ އިއްތިފާގުގައި ކަންކަން ހުންނާނީ. އެ ކޯޓު ހެޔޮވަރު ވާނީ މި މީހުންނަށް. އެ ކޯޓު ދެން ލާންޖެހޭނީ މި މީހުންކަން މި މީހުންނަކަށް ނުވިސްނޭ

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ސަރުކާރު ތެރެއިން ބޭބޭފުޅުން ކުރައްވަމުން ގެންދަވާ ނޭނދެވޭ ކަންކަން ބަލާ ތަހުގީގުނުކުރެވޭ ކަމަށާ އެހެން އެކަން ނުކުރެވެނީ މި ސަރުކާރުގައި ތިއްބެވީ ރައީސް މުއިއްޒަށް ފައިސާ ދީގެން މަގާމުތައް ގަނެ އެ މަގާމުތައް ކަށަވަރުކޮށްގެން ތިއްބެވި ބޭފުޅުން ކަމަށް ވުމުން ކަމަށެވެ.

ރައީސް ޔާމީން މިހެން ވިދާޅުވި އިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ގާނޫނު އިސްލާހުކުރަން ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved