

އެކަން ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ހިޔާ H9 ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓުގަ އެވެ.
ފުލުހުން މިއަދު ބުނީ ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ފަސް މީހެއްގެ ބަންދަށް ފަސް ދުވަސް ދިން ކަމަށެވެ. ބާކީ ހަތް މީހުންގެ ބަންދަށް ދިނީ ހަތް ދުވަސް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީހަކު ރަހީނުކޮށްގެން ގެންގުޅުނު އެޕާޓްމަންޓަކީ މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރަމުން ދިޔަ ތަނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.