theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މުއިއްޒުއެވެ. ރައްޔިތުން ނޯޓިސް ފޮނުވާ ދުވަސް އޮތީ މާ ދުރަކު ނޫނެވެ. / ތޭރަގްރެފިކްސް
ރިޕޯޓު
މުއިއްޒުއެވެ. ރައްޔިތުން ނޯޓިސް ފޮނުވާ ދުވަސް އޮތީ މާ ދުރަކު ނޫނެވެ.
Mariyam Isaadha
މަރިޔަމް އިސާދާ
16 ޖޫން 2025
މާލެ ސިޓީ

ރައްޔިތުންނަކީ އެމީހުންގެ މުހުތާދުތައް ސަރުކާރުތަކުން ފުއްދާދޭނަމަ ނިކަން ކިޔަމަންތެރި، ވެރިން ދެކެ ނުހަނު ލޯބިވާ ބައެއްކަން މާޒީއިން ހާމަވެފައިވެއެވެ.

އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގެ ފަސް އަހަރުގައި ރައްޔިތުންގެ ކިބައިން ފެނިގެން ދިޔައީ އެމަނިކުފާނަށް އޮތް ލޯބިއެވެ. އެ ލޯބި އެގޮތުގައި ދެމި އޮތްކަން އިހަށް ރެއަކު ވެސް ވަނީ ފެނިގެން ގޮސްފައެވެ. މުޅި މާލެ ސަރަހައްދަށް އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމަށް ރައީސް ޔާމީން ހޯއްދަވާ ދެއްވި ޓޯޓަލް ސޮލިއުޝަން، ހިޔާ ފލްެޓުތަކުގެ ދިރިއުޅޭ ރައްޔިތުން ނިކުމެ އެމަނިކުފާނަށް ޔޫތު ސިޓީއިން ހުކުރު ދުވަހުގެރޭ ކީ ހޫނު މަރުހަބާއެކެވެ. އެއާއެކު ބަޔަކު ހިތަށް ނިކަން އަސަރު ކުރާނެކަން މާ ކުރިން ވެސް ރޭކާލިއެވެ. ނަމަވެސް ސިޔާސީ ބަދަލު ހިފުމެއް ރައްޔިތުންގެ ކިބައިން ހިފާފާނެ ކަމަށް ކުޑަނަމަވެސް ހީނުކުރަމެވެ.

އާދޭހެވެ. މި ދައްކަނީ ހިޔާ ފްލެޓުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ތެރެއިން ފްލެޓުތަކަށް ކުލި ނުދައްކާ ތިބި ރައްޔިތުންނަށް ނޯޓިސް ފޮނުވަން ސަރުކާރުން ނިންމި ނިންމުމުގެ ވާހަކައެވެ. މީގެ ކުރިން އެ ރައްޔިތުންނަށް އެ ފަދަ ނޯޓިސްއެއް ނުފޮނުވާ ކުއްލިއަކަށް ހުކުރު ދުވަހުގެރޭގެ އިވެންޓަށް ފަހު މިފަދަ ނިންމުމެއް ނިންމީ ކިއްވެކަން ބަލާ ދިރާސާކުރުމުގެ ޝައުގު ހިތުގައި އުފެދުނެވެ. އެއާއެކު ހޯދާ ބެލި ބެލުމުން އެނގުނީ މިއީ ސިދާ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެންގެވުމަށް ކުރަން އުޅޭ ކަމެއް ކަމަށެވެ.

އެގޮތުން އެންމެ މަހަކު ކުލި ނުދައްކާ ލަސްކުރި ނަމަވެސް އެ ފެލްޓުގެ ވެރިއަކަށް ނޯޓިސް ފޮނުވުމަށް ރައީސް މުއިއްޒު ވަނީ އެޗްޑީސީގެ ވެރިންނަށް އަންގަވާފައިކަމަށްވެއެވެ. ރައީސް މުއިއްޒު މިހާ ކޯފާ އިސްމިކުރެއްވި ސަބަކަަށް ވެފައި އޮތީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ހުކުރުދުވަހުގެރޭ ބޭއްވި ބާބަކިއުއަކަށް ރައީސް ޔާމީނަށް ދައުވަތު އަރުވާ އެ ދައުވަތު ގަބޫލުކުރައްވާ އެމަނިކުފާނު ވަޑައިގެންނެވުމުން ކީ ހޫނު މަރުހަބާއެވެ. އެކަމަކުވާ މިއީ ހަޖަމްކުރުމުގެ ބައި ހާދަހާ ދަށްވުމުގެ ނަތީޖާއެކެވެ.

ރައީސް ޔާމީނަށް މަރުހަބާ ކިޔަން ހިޔާ ފްލެޓުތަކުން ނުކުތް މީހުން ގިނަވުމުން އެ ރައްޔިތުންނަށް ޖެއްސުންކުރަން ސަރުކާރުން މަސައްކަތް ފެށުމަކީ އެއް ގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ގެރި ބަކަރިވެސް އެއަށް ކާންދިން ސާހިބު އެނގޭ އިރު ވަންނާނެ ބޯހިޔަލެއް ދައްކާ ދެއްވާ ދިރިއުޅުމުގެ އެންމެ މުހިއްމު އެއް އަސާސް ކަށަވަރުކޮށްދެއްވި ވެރިއަކަށް މަރުހަބާ ކިޔަން ނުކުތުމުން އެ ރައްޔިތުންގެ ނޭވާ ހޮޅިއަށް ބާރަށް ފިއްތާލުމަކީ އޯގާތެރި ވެރިއަކު ކުރާނެ ކަމެއް ނޫނެވެ، އިހުތިރާމަކީ ދީގެން ލިބޭ އެއްޗެކެވެ. ހުކުރު ދުވަހުގެ ރޭ އެ ފެނުނީ އެ މަންޒަރެވެ. އެހެންކަމުން ހަޖަމް ކުރަން ދަސްކޮށް, ރައްޔިތުންނަށް އަނިޔާވެރިވުން ހުއްޓާލަން ޖެހެއެވެ.

ރައީސް ޔާމީން ދެކެ އެ ރައްޔިތުން ލޯބިވަނީ ލޯބިވާން ޖެހިގެންނެވެ. އެހެނީ ދުވަހަކުވެސް ރައީސަކު އެ ރައްޔިތުންނަށް ހޯދާ ނުދެއްވާ ހައްގެއް ރައީސް ޔާމީން ކަށަވަރުކޮށްދެއްވީތީއެވެ. ތަފާތުކުރުމެއް ނެތި ރައްޔިތުން އެއް ގިންތިއެއްގައި ގުނުއްވައިގެންނެވެ.

އެހެންކަމުން އެކުވެރިން ތަންތަނުގެ ބޮޑުންނަށް އައްޔަންކޮށްގެން ތިބެ ހުޅުމާލެއިން ބިން ފޮތި ފޮތި ޖަހާ އެ ބިމުން ވައްކަންކޮށް މުއްސަދިންނަށް ބިން ބެހުމަށްފަހު ރައްޔިތުންގެ ނުރުހުން އެކަމުގައި އޮތްކަން އެނގުމުން އެ ރައްޔިތުންނަށް "ނުލަފާ"ކަން ދައްކަން އުޅޭއިރު ދެ ވަނަ ދައުރެއްގެ ހުވަފެން ދެކެމުން ތިގެންދަވާ ގެންދިއުމާ މެދު ނުހަނު ފުންކޮށް ވިސްނަން ޖެހެއެވެ.

އެ ދުވަހަކުން ރައްޔިތުން ނުކުމެ މަނިކުފާނަށާ މަނިކުފާނުގެ އައުވާނުންނަށް ނޯޓިސް ފޮނުވާއިރު އަހަރުމެން ތިބޭނީ ބަލަންށެވެ. އެ ދުވަސް އޮތީ މާދުރަކުވެސް ނޫނެނެވެ.

ބާބަކިއުއިން ފޮޓޯއެއް ފެނި "ފިތިގެން" ހިޔާ ފްލެޓުތަކުގެ އަހުލުވެރިންނަށް ޖެއްސުންކުރިއަށް، ނެތް ތާއީދެއް ނުލިބޭނެއެވެ. އެ ދުވަހުވެސް ބުނިފަދައިން މިއަދުވެސް ބުނެލާނަމެވެ. ވެރިކަމަށް އާދެވުނީ ހުސް ގޮނޑީގެ ޖާދުލުގައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved