April 17, 2026
Advertisement
ހިޔާ ފްލެޓު
ހިޔާ ފްލެޓު / ޕީއެސްއެމް

ހިޔާ ފްލެޓް ޖޫރިމަނާތައް "ރީސެޓްވެއްޖެ"، ހުރިހާ ޖޫރިމަނާއެއް މާފު!

Yana Shareef
ޔާނާ ޝަރީފް
Dec 17, 2025, 09:41 PM

ޕީއެންއެފްގެ "ރީސެޓް' ޖަލްސާއާއި ދިމާކޮށް ހިޔާ ފްލެޓްތަކުގެ ކުލި ނުދެއްކުމުން ކުރި ޖޫރިމަނާ މައާފުކޮށްދީފިއެވެ.

Advertisement

ވެރިކަމަށް އައުމުގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކޮށްފައިވާ ޖޫރިމަނާތައް މައާފުކޮށްދޭނެކަމަށެވެ.

އެހެންނަމަވެސް ވެރިކަމަށް ދެއަހަރުވެގެންދިޔައިރުވެސް މިކަން ކުރުމުގެ ބަދަލުގައި ރައީސް މުއިއްޒުގެ އެންގެވުމުގފެ ދަށުން އެޗްޑީސީން ވަނީ ކުލި ދެއްކުމަށް އިންޒާރު ދީ އެތައްފަހަރެއްގެ މަތިން ސިޓީ ފޮނުވާފައެވެ.

އެގޮތުން ރައީސް އަބްދުالله ޔާމީން އަބްދުލްގައްުޔޫމް ހިޔާ ސަރަހައްދަށް ވަޑައިގެން ދެފަހަރުގެ މަތިންވެސް އިންޒާރުގެ ސިޓީ ފޮނުވާފައިވާކަމަށް ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ބުނެފައިވެއެވެ.

ބުދަ ދުވަހުގެ ރޭ ރައީސް ޔާމީންގެ ޕާޓީން "ރީސެޓްގެ ނަމުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު އެޗްޑީސީން ވަނީ ޖޫރިމަނާ މައާފުކުރިކަން އަންގާ ހިޔާ ފްލެޓްތަކުގެ ވެރިންނަށް ސިޓީ ފޮނުވާފައެވެ.

އެގޮތުން އެ ސިޓީގައި ބުނީ ހިޔާ ފްލެޓްތަކަށް ފައިސާ ދެއްކުމުގައި ސަރުކާރުން ދެއްވަން ކަނޑައަޅާފައިވާ ލުއިތަކުގެ ދަށުން، 31 ޑިސެމްބަރު 2023ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި އޮތް ފައިސާ މައާފުކޮށްފައިވާކަމަށެވެ.

އަދި އިތުރު ލުއިތަކެއް ދިނުމުގެ ގޮތުން 1 ޖަނަވަރީ2024 އިން ފެށިގެން 30 ނޮވެމްބަރު 2025 ގެ ނިޔަަލަށް ޖޫރިމަނާގެ ގޮތުގައި އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާވެސް މައާފުކޮށްދިނުަމށް ރައީސް މުއިއްޒު ނިންމަވާފާވާތީ އެ ފައިސާވެސް މައާފުކޮށްދީފައިވާކަމަށް އެ ސިޓީގައި އެޗްޑީސީން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved