ހިޔާ ފްލެޓު / ޕީއެސްއެމް
ހަބަރު
ހިޔާ ފްލެޓުން ފެން ކެނޑިފައި ހުންނަތާ 3 ގަޑި އިރަށް ވުރެ ގިނަ އިރު!
10 ޖެނުއަރީ 2025
ހުޅުމާލެ ފޭސް 2

އެތައް ހާސް ރައްޔިތުންނެއް ދިރިއުޅެމުންދާ ހިޔާ ފްލެޓުތަކުން ފެނުގެ ހިދުމަތް ކެނޑިފައިވާކަން ހާމަވެއްޖެ އެވެ.

އެގޮތުން ފެނުގެ ހިދުމަތް ކެނޑިފައި ހުރިތާ 3 ގަޑި އިރަށް ވުރެ ގިނަ އިރުވެއްޖެކަމަށް ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުން މައުލޫމާތުދެ އެވެ.

‎ފެނުގެ ހިދުމަތް ކެނޑިފައިވަނީ އެމްޑަބްލިއުއެސްސީގެ ބޫސްޓަރ ޕަމްޕަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. އަދި އެ މައްސަލަ ދެނެގަނެ، ހައްލު ކުރުމަށްޓަކައި އެމްޑަބްލިއުއެސްސީ އާއި އެޗްޑީސީން މަސައްކަތް ކުރާކަމަށް 13 އޮންލައިނަށް މައުލޫމާތު ލިބެ އެވެ. ވަކި އިރެއް ބުނަން ދަތިވި ކަމުގައިވީނަމަވެސް، މި މައްސަލަ ވީހާވެސް އަވަހަށް ހައްލު ކުރާނެކަމުގެ ޔަގީންކަން އެޗްޑީސީންދެ އެވެ.

މި މައްސަލަ އާއި ގުޅިގެން އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް ރައީސް އޮފީހާއި ގުޅާލި ނަމަވެސް ފޯނު ނުނެގުމުގެ ސަބަބުންވަނީ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.

ހިޔާ ފްލެޓްތަކަށް ފެނުގެ ހިދުމަތް މެދު ކެނޑުމުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންނެއްދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved