ކޮވިޑް ވެކްސިން މީހެއްގެ ގަޔަށް ޖަހަނީ / ވަން އޮންލައިން
ހަބަރު
ރާއްޖޭގައި އެޗްޕީވީ ވެކްސިން ދޭން ފަަށައިފި
Fathmath Reem
ފާތުމަތު ރީމް
03 ފެބްރުއަރީ 2024
މާލެ ސިޓީ

ރާއްޖޭގައި އެޗްޕީވީ ވެކްސިން ދޭން ފަށައިފާވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ( އެޗްޕީއޭ ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ހޮނިހިރު ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮސްފައިވާ ގޮތުގައި ކެންސަރު ދުވަސް ފާހަގަކުރުމުގެ ގޮތުން ހޮނިހިރު ދުވަހު ހަވީރު 16:00 އިން 18:00 އަށް ހެންވޭރު ދަނޑުގައި ބާއްވާ ހަރަކާތްތަކުގެ ތެރޭގައި އެޗްޕީވީ ވެކްސިން ދިނުން ކުރިއަށް ގެންދާނެއެވެ.

ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ކެންސަރުދުވަސް ފާހަގަކުރުމަށް އެޗްޕީއޭ އިން އިސްނަގައިގެން ހިންގާ ވެކްސިން ދިނުމުގެ ހަރަކާތުގައި އުމުރުން 10 އަހަރާއި 15 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޕީވީ އަކީ ޖިންސީ ގުޅުމުގެ ސަބަބުން ފެތުރޭ ވައިރަސްއެކެވެ. މި ވައިރަހަކީ ރަހިމުގެ ދޮރަށްޖެހޭ ކެންސަރަށް މަގުފަހިކޮށްދޭ ވައިރަސްއެކެވެ. ހިއުމަން ޕެޕިލޯމާ ވައިރަސްގެ ސަބަބުން ކެންސަރަށް ވާރުތަކުރާ ބަލިތައް އަންހެނުންގެ އިތުރުން ފިރިހެނުންނަށްވެސް ޖެހެއެވެ. އެހެންނަމަވެސް ފިރިހެނުންނަށް މިވައިރަސްގެ ސަބަބުން ކެންސަރުޖެހުން ނިސްބަތުން މަދުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރެފައިވާ ތަފާތުހިސާބުތަކުން ދައްކައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved