April 17, 2026
Advertisement
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު / ރައީސް އޮފިސް

ބަރަހަނާ މަންޒަރުތައް ދައްކާ ހަފުލާތައް ބޭއްވިގެން ނުވާނެ: ޑރ. ޝަހީމް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 10, 2024, 06:22 PM
މާލެ ސިޓީ

ބަރަހަނާ މަންޒަރުތައް ދައްކާ ހަފުލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި ގައުމުގެ އިޖުތިމާޢީ ކަރާމަތު ނަގަހައްޓައި އިސްލާމީ ސަގާފަތް ރައްކާތެރި ކުރަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Advertisement

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ އައްޑޫގައި ބޭއްވި ބޮޑި ބިލްޑިން މުބާރާތުގެ ބައެއް ފޮޓޯތަކާއި ވީޑިއޯތަކެއް މީސްމީޑިއާގައި ދައުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެކަމާއި ގުޅިގެން މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަރަހަނާ މަންޒަރުތައް ދައްކާ ހަފްލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ.

ހަށިގަނޑު ހާމަކޮށްގެން ބާއްވާ މިފަދަ މުބާރާތެއް ބާއްވާތީ އެކި ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަން ހުއްޓުވައި، އެ މުބާރާތް ރާވައި ހިންގާ ފަރާތްތަކާ މެދު ހަރުކަށީ ފިޔަވަޅު އަޅަން ވެސް އެކި ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ގޮވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved