March 21, 2026
Advertisement
ޕީއެންސީ ޕީޖީ ގްރޫޕު
ޕީއެންސީ ޕީޖީ ގްރޫޕު / ސޯޝަލް މީޑިއާ

ސަހްޔޫނީންގެ ޕާސްޕޯޓު ދިރާސާކުރުމަށް ކޮމިޓީއަށް އެޖެންޑާކޮށްފި ކަމަށް ބުނެފި

Mariyam Isaadha
މަރިޔަމް އިސާދާ
Nov 11, 2024, 12:57 AM
މާލެ ސިޓީ

ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުމުގެ މައްސަލަ ކޮމިޓީއަށް އެޖެންޑާކޮށްފިކަމަށް ބުނެފިއެވެ.

Advertisement

އެގޮތުން ސަހްޔޫނީންގެ ޕާސްޕޯޓް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް އެޖެންޑާކުރިކަން ކޮމިޓީގެ މުގައްރިރުގެ ނައިބު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުއާ ހަވާލާދީ މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ޕާސްޕޯޓް މަނާކުރުމުގެ މައްސަލަ 241 ކޮމިޓީއަށް އެޖެންޑާ ކުރީ މިއަދު އެޖެންޑާއެވެ. ކޮމިޓީ މަރުހަލާގައި ކުރާނެ އެންމެ ފުރަތަމަ އެއް މަސައްކަތަކީ ބިލުގެ މަސައްކަތް ނިންމާނެ ތާރީޚެއް ކަނޑައެޅުން ކަމަށްވެއެވެ.

މި މައްސަލަ ކޮމިޓީ މަރުހަލާގައި ހުއްޓިފައި އޮތުމާ ގުޅިގެން އެކި ފަހަރުމަތިން އިދިކޮޅު މެންބަރުން ވަނީ، އެ ބިލުގެ މަސައްކަތް އަވަސްކުރުމަށް ގޮވާލައި، ކުއްލި މައްސަލަތައް ވެސް މަޖިލީހަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް ސަރުކާރުގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ދިޔައީ އެ މައްސަލަތައް ބޭރު

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުމާ ބެހޭ މައްސަލަ އެޖެންޑާކޮށްފައިވާއިރު، އެ ޕާސްޕޯޓް މަނާކުރުން އަވަސްނުކޮށް ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ސަރުކާރުން ބޭނުންވާ ބިލުތައް އެއް ދުވަސްތެރޭވެސް ނިންމާ ފާސްކޮށްފައެވެ.

ޕާސްޕޯޓު މަނާކުރުމުގެ ބިލު ކޮމިޓީ މަރުހަލާގައި ތާށިކޮށްފައި އޮންނަތާ މިއަދަށް މިއީ 153ވަނަ ދުވަހެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved