March 19, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ރައީސް އޮފިސް

ސިޔާސަތުތައް ތަފްސީލް ކުރުމަކުން ނުފުދޭ، އަމަލުންވެސް ދައްކަން ޖެހޭ

Aminath Zara
އައިމިނަތު ޒާރާ
Nov 11, 2024, 04:00 PM
މާލެ ސިޓީ

ޖުމްހޫރީ ދުވަހާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅާއި ގުޅިގެން ރައީސަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

Advertisement

މިގޮތުން، ރައީސް މުއިއްޒުގެ ވެރިކަމުގެ ސިޔާސަތުތައް ވަރަށް ތަފްސީލުކޮށް ހާމަކޮށްފައިވާނެ ކަމަށް ވިދާޅުވުމުން އެއީ އަމަލުންވެސް ދައްކަންޖެހޭ ކަންކަން ކަމަށާއި ހަމައެކަނި ބުނެލާ ބަހަކުން ފަރުޖެއްސެން ނެތް ކަމަށް ބުނެ ސޯޝަލް މީޑިޔާގައި އާންމުން ޕޯސްޓްކޮށްފައިވާ ކަން ފާހަގަކުރެވިފައިވެއެވެ.

ރައީސް މުއިއްޒު ހުވާ ކުރެއްވި ދުވަހު ދެއްވި ޚިތާބު އަނެއްކާވެސް “ރިޕީޓް’’ ކޮށްފައިވާ ކަންވެސް މި ޖަލްސާއިން ފާހަގަކުރެވިފައިވެއެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ނިމިގެން ދިޔަ އެއް އަހަރަށް އަލިއަޅުވާލާ ވާހަކަފުޅު ދެއްކެވިއިރު، ކުރެއްވި ކަމަށް ބުނާ އެއްވެސް ކަމެއްގެ އަމަލީ ސިފައެއް އާންމުންނަކަށް ފެނިފައިނުވެއެވެ.

މީގެ އިތުރުން، ގެއްލުވާލި ކަނޑުގެ މައްސަލައިގައި އެތަން އަނބުރާ ހޯއްދަވަން އިނގިރޭސި ސަރުކާރަށް ސިޓީފުޅެއް ރައީސް އޮފީހުން ފޮނުވާފައިވާ ކަމަށް ވިދާޅުވިއިރު، އެ މައްސަލައިގައި މިހާ ދުވަސް ފާއިތުވެގެން ދިޔައިރު ސިޓީއެއް ފޮނުވިކަން ރައީސް އޮފީހުން ހާމަކޮށްފައިނުވެއެވެ.

ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ނުސީދާކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިގޮތުން، މި ސަރުކާރުގައި ‘ނުހައްގުން’ ކުރީގެ ރައީސުން ޖަލަށް ނުލާނެ ކަމަށާއި އެކަން ހިނގާނީ ގާނޫނީ އިމުގެ ތެެރެއިން ކަމަށް ރައީސް ސިފަކޮށް ވަނީ ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.

ކަން މިހެން ހުރި އިރު، މުއިއްޒުގެ ބަހާއި އަމަލާއި ދިމާނުވާކަން އަމިއްލަފުޅަށް އަންނަނީ ރައްޔިތުން ކުރިމަތީ ހާމަކުރައްވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved