March 19, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ

މުއިއްޒު ކުޑަކުދިން ކައިރީ ދައްކާ ވާހަކަ ރައްޔިތުން ކައިރީ ދެއްކުން ހުއްޓާލާ: މަލީހް

Aminath Zara
އައިމިނަތު ޒާރާ
Nov 11, 2024, 05:13 PM
މާލެ ސިޓީ
Advertisement

ރައީސް ޑރ މުހައްމަދު މުއިއްޒު ކުޑަކުދިން ހައްލާލަން ކުޑަކުދިން ކައިރީ ދައްކާ ކަހަލަ ވާހަކަ ރައްޔިތުން ކައިރީ ދެއްކުން ހުއްޓާލުމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިފަދައިން ވިދާޅުވީ ޖުމްހޫރީ ދުވަހާއި ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައި މުއިއްޒު ދެއްކެވި ވާހަކަތަކާއި ގުޅިގެން މަލީހްގެ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

މުއިއްޒުގެ ވެރިކަމެއްގައި ފަނޑިޔާރުގެ އަށް އަތް ބޭނުން ނިމޭނެ ކަމަށް ވިދާޅުވުމާއި ގުޅިގެން މަލީހް ވިދާޅުވީ ހަމައެކަނި ޖޭއެސްސީގެ މެންބަރުންނަށް ބަލާލިއަސް އެކަން ސާފުވެގެން ދާނެ ކަމަށެވެ.

ޖޭއެސްސީއަށް ވެސް އައްޔަނުކޮށްފައިވަނީ މުއިއްޒުގެ އިރުޝާދުގެ ދަށުން ފިޔަވަޅެއްވެސް ނާޅުއްވާނެ ވަރުގެ މެންބަރުން ކަމަށް ވާއިރު ޝަރުއީ ދާއިރާ މިނިވަން ކަމަށް މުއިއްޒު އެ ވިދާޅުވާ ވިދާޅުވުން އެއްވެސް ދިވެހި ރައްޔިތަކު ގަބޫލުފުޅު ނުކުރައްވާނެ ކަމަށެވެ.

އެކަން މުއިއްޒު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ދޭތެރޭ ކަންތައް ކުރެއްވި ގޮތުން ވަރަށް ސާފުކޮށް ރައްޔިތުންނަށް އެގިވަޑައިގެންފައިވާ ކަމަށްވެސް މަލީހް ފާހަގަކުރެއްވިއެވެ.

މުއިއްޒު ވަނީ އެމަނިކުފާނުގެ ވާހަކަފުޅުގައި ރައީސް ޔާމީނަށާއި އިދިކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved