March 19, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން / މިހާރު

ރައްޔިތުންގެ ބާރަކީ ހަމައެކަނި ފަސް އަހަރުން ވެރިން ބަދަލުކުރުމެއް ނޫން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Nov 12, 2024, 02:38 AM
މާލެ ސިޓީ

ރައްޔިތުންގެ ބާރު ވެރިކަމެއްގައި އޮތުމަކީ ފަސް އަހަރުން އެއް އަހަރު ވެރިން ބަދަލުކުރުން އެކަނި ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ފުރިހަމަ ބާރު ލިބުމަކީ ގައުމުގައި ހިނގާ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު އޮތުން ކަމަށާ ރައްޔިތުންގެ ބައިވެރިވުންވެސް އޮތުން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ގައުމުގެ ނަމުގެ ކުރިއަށް ރިޕަބްލިކު އައުމަކުން އަދި އެއީ ރައްޔިތުންގެ ވެރިކަމެއް ކުރުން ކަމުގައި ނުވާނެކަމަށާ އޭގެ މިސާލަކީ އުތުރު ކޮރެއާކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ބާރު އޮތުމަކީ މިނިވަން މުއައްސަސާތަކުގައިވެސް ވެރިންގެ ދިލަ ނުޖެހުން ކަމަށެވެ.

ރައްޔިތުންގެ ބާރު އޮރުމަކީ އިންސާފާ ހަމަވެސް އޮތުން އަދުލް އިންސާފުގެ ދާއިރާ ޚާއްސަކޮށް ރައްޔިތުންގެ ބާރު އޮންނަން ވާނެ. ނުފޫޒުން އެއްކިބާ ވާން ޖެހޭނެ.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރެސީގެ ފުރިހަމަ ރީތި މިސާލުން މިސާލު ނަގާ ނަމަ މިއަދު ރައްޔިތުންގެ ބާރު ގައުމުގައި ނެތްކަމުގެ އިހުސާސް ނުވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved