ނަލަހިޔާ ސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ / އެމްއެންޑީއެފް
ހަބަރު
ނަލަހިޔާ ހޮޓެލްގެ ފުރަތަމަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
Fathmath Reem
ފާތުމަތު ރީމް
03 ފެބްރުއަރީ 2024
މާލެ ސިޓީ

ނަލަހިޔާ ހޮޓެލްގެ ފުރަތަމަ ފަންގިފިލާގައި އަލިފާނުުގެ ހާދިސާއެއް ހިނގައިފިއެވެ.

ދުންއަރާ ކަމުގެ ރިޕޯޓު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓީމަށް ލިބިފައިވަނީ މިއަދު އިރުއޮއްސި 18:22 ހާއިރު އެވެ.

އަދި މި ހަބަރު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި އެއީ އެތަނުގެ ފުރަތަމަ ފަންގިފިލާގައި ހުރި ސައުނާއިން އެރި ދުމެކެވެ.

އެސަރަހައްދުން ދުންތައް ބޭރުކުރުމުގެ މަސައްކަތް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ދަނީ ކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved