April 4, 2026
Advertisement
މުއިއްޒުގެ ވެރިކަމަށް އަހަރެއް: ދޮގު ޖާޑިން ނެގި 100 ދޮގު
މުއިއްޒުގެ ވެރިކަމަށް އަހަރެއް: ދޮގު ޖާޑިން ނެގި 100 ދޮގު / ތޭރަގްރެފިކްސް

މުއިއްޒުގެ ވެރިކަމަށް އަހަރެއް: ދޮގު ޖާޑިން ނެގި 100 ދޮގު

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 23, 2024, 12:42 AM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އެއް އަހަރު ފުރުނީ އެވެ. އެމްޑީޕީގެ ހަމައެއް ލަމައެއް ނެތް ސަރުކާރު ބަދަލުކޮށް ރައްޔިތުން މުއިއްޒު އިންތިހާބު ކުރީ ސޯލިހުގެ ވެރިކަމަށް ވުރެ ހެޔޮލަފާ ވެރިކަމުގެ ދައުރެއް ދުށުމުގެ ވަރަށް ފޮނި އުންމީދުގައި އެވެ. ނަމަވެސް ޑރ. މުއިއްޒުގެ ވެރިކަމަށް އަހަރެއް ފުރުނުއިރު މުޅި ރަށު ތެރެއިން އިވޭނީ މުއިއްޒު ސޯލިހަށް ވުރެ ޗޯރުކަމުގެ ވާހަކަ އެވެ. މުއިއްޒު ސޯލިހަށް ވުރެ ނުބައިވެފައި ދޮގު ހަދާ ވާހަކަ އެވެ.

Advertisement

ތެދެކެވެ. ދިވެހި ތާރީހުގައިވެސް މުއިއްޒުގެ ނަންލިޔެވިގެން ދާނީ ދޮގުވެރި މަކަރުވެރިއެއްގެ މުނާފިގެއްގެ ގޮތުގަ އެވެ. ވެރިކަމަށް އައުމުގެ ކުރިންވެސް އަދި ވެރިކަމަށް އައުމަށް ފަހުގައިވެސް ހަމަ އެންމެ ތެދެއްވެސް ނަހަދަނީ އެވެ. ތެދު ހެދުމަކީ މުއިއްޒު އެންމެ ކުރާ ހިތް ނުވާ ކަމެވެ. އަދި މުއިއްޒު އެންމެ ރުޅި އަންނަނީ ދޮގުގެ އިދިކޮޅު "ތެދު" ބުނާ މީހުން ދެކެ އެވެ.

ކޮންމެއަކަސް މުއިއްޒުގެ ވެރިކަމަށް އަހަރު ފުރުމުގެ މުނާސަބަތުގައި މި ބަލާލަނީ މުއިއްޒު ހެއްދެވި 100 ދޮގުގެ މައްޗަށެވެ. ތެދެކެވެ. މުއިއްޒު ހެއްދެވި އަދި ހައްދަވަމުން އެ ގެންދަވާ ދޮގުތައް 100 އިން މައްޗަށް ދެ އެވެ. ނަމަވެސް މި ރިޕޯޓްގައި މި ބަލާލަނީ ނިމުނު އެއް އަހަރުގައި މުއިއްޒުގެ ދޮގު ޖާޑިން ސޯޝަލް މީޑިއާ ގުގުމާލީ "100" ދޮގަށެވެ.

އާއެކެވެ.

  1. 48 ގަޑި އިރު ތެރޭ މަސްވެރިން ބާނާ މަހަށް ޑޮލަރު ދޭނެ ކަމަށް ބުނެ އެންމެ ފައިސާ ފޮއްޗެއް ނުދީ މުއިއްޒު މަސްވެރިން ނަށް ހެދީ ދޮގެވެ.
  2. ރާއްޖޭގަ ހަތިޔާރު އެޅި އެތަށް ހާސް އިންޑިޔާ ސިފައިން ބޭރު ކުރި ކަމަށް ބުނެ ހެދީ ދޮގު
  3. ހާމަކަން ބޮޑު ސަރުކާރެއް ހިންގާނެކަމަށް ބުނެ ހުރިހާ ކަމެއް ސިއްރުކޮށް ހެދީ ދޮގު
  4. ހަރަދު ކުޑަކުރަން ވައުދުވެ 2000 އަށްވުރެ ގިނަ ސިޔާސީ ވަޒީފާ ދީ ހެދީ ދޮގު
  5. ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށް ބުނެ ހެދީ ދޮގު
  6. ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށް ބުނެ ހެދީ ބުހުތާނު ދޮގު
  7. ވައުދުވީ ރާއްޖެއަށް ބައިވަރު ފައިސާ ލިބޭނެ ކަމަށް، ވެރިކަމަށް އައިސް ގައުމު ބަނގުރޫޓް ކޮށް އައިއެމްއެފް ޕްރޮގްރާމަށް ދާން ނިންމާ  ހެދީ ދޮގު
  8. މިސްކިތްތަކުގެ ބަޖެޓް ތިން ގުނަ ކުރާނެކަމަށް ބުނެ 29000 ރުފިޔާ ދީފަ ހެދީ ދޮގު
  9. 100 ދުވަސް ތެރޭ ސިޓީ ތަކުގެ މަގުތަކުގެ އަމަލީ މަސައްކަތް ފަށާނެކަމަށް ބުނެ ވައުދުވެ  ފޫޓް ފީތާ އިން މިން އެކަނި ނަގާލާ ހެދީ ދޮގު
  10. އެއްވެސް ޕްރޮޖެކްޓެއް ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށް ބުނެ ވެރިކަމަށް އައިސް ހުރިހާ ޕްރޮޖެކްޓެއް ހުއްޓާލާ ހެދީ ދޮގު
  11. ވެރިކަން ކުރާނީ ރައީސް ޔާމީންގެ ލަފަޔާ އެއްގޮތަށް ކަމަށްބުނެ ރައީސް ޔާމީންގެ މެސަޖަށް ޖަވާބުވެސް ނުދީ ހެދީ ދޮގު
  12. ސިޔާސީ ވަޒީފާ  އިން ނޫނީ މީހުން ވަކި ނުކުރާނެ ކަމަށް ބުނެ 900 އަށްވުރެ ގިނަ ވަޒީފާ އިން މީހުން ކަނޑާލާ ހެދީ ދޮގު
  13. ކަރަންޓް ބިލް އިތުރަށް ބޮޑު ނުވާނެ ކަމަށް ބުނެ ހެދީ ދޮގު
  14. އިލްމުވެރިންގެ ގަދަރު ހިފަހައްޓާވާ އެ ބޭފުޅުންނަށް ދީނީ ޝިއާރު ފާޅުކުރަން ފުރުސަތު ދޭނެ ކަމަށް ބުނެ ހެދީ ހުސް ދޮގު
  15. ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދާނެ ކަމަށް ބުނެ ހެދީ ދޮގު
  16. ރައީސް އޮފީހުން އެއްވެސް މީޑިޔާ އެއް ބުލެކް ލިސްޓް ނުކުރާނެ ކަމަށް ބުނެ ހެދީ ދޮގު
  17. ކާޑު އަގު ހެޔޮ ކޮށް ތުރުކީ އިން ލިބޭނެ ކަމަށް ބުނެ ހެދީ ދޮގު
  18. އައްޑޫ ބުރިޖު ހަދަން ބަޔަކަށް ދީފި ކަމަށް ބުނެ ހެދީ ދޮގު
  19. އާ ސަރުކާރުގެ މަޝްރޫއު ތަކަށް ބަޖެޓް ނުކުރާ ކަމަށް ބުނެ ހެދީ ދޮގު
  20. ވިލިގިލީ އެއާޕޯޓް އަޅަން ޖަނާގެ ސްޓާބެ ލައްވާ ސޮއިކުރުވާ ހެދީ ދޮގު
  21. މުއިއްޒު ހުވާ ކުރަން ދާނީ ރައީސް ޔާމީން އާ އެކީ ކަމަށް ބުނެ ހެދީ ދޮގު
  22. އެއްވެސް ފުލެޓެއް ގޯއްޗެއް އަތުނުލާނެ ކަމަށް ބުނެ ރައީސް އޮފިީހުގެ ލިސްޓް ހަދަން ކޮމިޓި ހަދަން ނިންމާ ހެދީ ދޮގު
  23. ކުރީ ސަރުކާރުން ފަށާފައިހުރި ޕްރޮޖެކްޓް ތައް އެއީ އަލަށް މި ސަރުކާރުން ފެށި މަސައްކަތް ކަމަށް ދައްކާ ހެދީ ދޮގު
  24. ތިނަދޫ އެއާޕޯޓް އަޅަށް ކުކުޅު ކޮއްޓެއް ހިންގާ ބަޔަކާ އެކު ސޮއިކޮށް ހެދީ ދޮގު
  25. އެޓްލޮސް ގައި ރާއްޖެ ތަމުސީލް ކުރި ވަކީލުން ކަންތައް ކުރީ ގޯސްކޮށް ކަމަށް ބުނެ އެމީހުން ލައްވާ އަނެއްކާ ވަކާލާތު ކޮށް ހެދީ ދޮގު
  26. ހިޔާލު ފާޅުކުރުމަށް އެއްވެސް ހުރަހެއް ނާޅާނެ ކަމަށް ބުނެ ހެދީ ދޮގު
  27. ހިލޭ މީހުން ހައްޖަށް ފޮނުވާނެ ކަމަށް ބުނެ ހައްޖު ކޯޕަރޭޝަން ފަންޑުގައި ހުރި ފައިސާ ފެނަކައިގެ މުއަައްޒަފުންގެ މުސާރަ ދިނުމަށް ބަހާލައި ހެދީ ދޮގު
  28. ހަރަދު ކުޑަ ކުރާނެ ކަމަށް ބުނެ މުލިއާގެ އަށް 40 މިލިއަން ހަރަދު ކޮށް ހެދީ ދޮގު
  29. މަހަށް ހަމަ އަގު ހޯދައި ދޭނެކަމަށް ބުނެ މަހުގެ އަގު ވައްޓާލާ ހެދީ ހުސް ދޮގު
  30. އިންތިހާބަށް ކަޑަ ނުޖަހާނެ ކަމަށް ބުނެ ރައްޔިތުން ގުބޯ ހައްދާ އެމްއޯޔޫ ތަކަށް ސޮއި އަޅާ ހެދީ ދޮގު
  31. ހަރަދު ކުޑަ ކުރަން ސާރކިއުލާ ނެރުމަށް ފަހު ބޮޑެތި ވަފުދު ތަކުގައި ކެމްޕޭން ދަތުރު ކުރުމަށްފަހު ހެދީ ދޮގު
  32. ވާނުވާ އުވާލާނެ ކަމަށް ބުނެ ޒުވާނުންނަށް ހެދީ ދޮގު
  33. ހަރަދު ކުޑަ ކުރަން ސާރކިއުލާ ނެރުމަށް ފަހު ބޮޑެތި ވަފުދު ތަކުގައި ކެމްޕޭން ދަތުރު ކުރުމަށްފަހު ހެދީ ދޮގު
  34. އާސިޔާނުން ދިވެހިންނަށް އާސަންދަ ހިދުމަތް ދޭނެ ކަމަށް ބުނެ ހެދީ ދޮގު
  35. ކުރިން ބުނަމުން ދިޔައީ ހަރާން ހުކުމެއް ކަމަށް،ފަހުން ކުށް ކުރާ މީހެއް ކަމަށް ބުނެ ހެދީ ދޮގު
  36. މަގާމްތަކަށް ތައުލީމީ މީހުން ލާނެ ކަމަށް ބުނެ އޯލެވެލް ފެންވަރުނެތް މީހުން ވަޒީރުންގެ ފެންވަރުގެ މަގާމްތަކަށް ލާ ހެދީ ދޮގު
  37. ޕާޓީ ކެނޑިޑޭޓުންނަށް ތާއީދު ކުރާނެ ކަމަށް ބުނެ ވަކިން އަދި މުއިއްޒު ކެނޑިޑޭޓުން ނެރެ ހެދީ ދޮގު
  38. 2023 ގައި އަލަށް ޑޮލަރު ޖަމާ ކުރަން ފަށާފައިވާ އެސްޑީއެފް އަށް ޑޮލަރު ޖަމާކުރަން ފެށީ މުއިއްޒު ކަމަށް ބުނެ ހެދީ ދޮގު
  39. އެމްބަސީ ތަކުގެ ވަޒީފާ ތަކަށް މީހުން ގިނަ ކަމަށް ބުނެ އަދަދު މަދު ކުރާނެ ކަމަށް ބުނެ އެމްބަސީ ތަކުގެ ވަޒީފާ 3 ގުނަ އިތުރުކޮށް ހެދީ ދޮގު
  40. ސަރުކާރު ހިއްސާވާ ކުންފުނިތަކުގަ އިސް މަގާމް ތަކުގައި އަންހެނުންގެ ނިސްބަތް  އިތުރު ކުރާނެ ކަމަށް ބުނެ ކުރިއަށް ވެރެ ވެސް މަދުކޮށް ހެދީ ދޮގު
  41. 100 ދުވަސް ތެރޭ 5 ޕަސެންޓް އިންޓުރެސްޓުގައި ހައުސިން ލޯނު ދޭނެ ކަމަށް ބުނެ ދޯކާ ދީ ހެދީ ދޮގު
  42. ކުރީ ސަރުކާރުގައި ނިންމާ ހުޅުވަން ތައްޔާރު ވެފައިވާ އިސްރަށްވެހީން ގެ ނާދީ އެއީ މި ސަރުކާރުން އަލަން ފަށާފައިވާ ކަމެއް ގޮތުގައި ބުނެ ހެދީ ދޮގު
  43. 100 ދުވަސް ތެރޭ ޕޭޕާލް ގެންނާނެ ކަމަށް ބުނެ ހެދީ ދޮގު
  44. 2023 ވަނަ އަހަރު ފައިސާ ޗާޕް ކުރުން ހުއްޓާލަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި  އޮއްވާ މިކަން ނިންމީ މުއިއްޒު ކަމަށް ބުނެ ހެދީ ދޮގު
  45. ޓޫރިޒަމް ދާއިރާގެ މީހުންނަށް ހުވަފެން ދައްކާ ރިސޯޓް ތަކުގައި ދިވެހީންގެ އަދަދު އެންމެ 30 އަށް ދައްކޮށް ހެދީ  ދޮގު
  46. ސަރުކާރަކަށް ސަޕްލިމެންޓްރީ ބަޖެޓެއް ބޭނުން ނުވާނެ ކަމަށް ބުނެ ހެދީ ދޮގު
  47. ކުރީ ސަރުކާރުން ހަދާ ނިންމާފައިވާ ޕޮލިސް ޕޯސްޓް ތައް ނިންމީ މި ސަރުކާރުން ކަމަށް ބުނެ ހެދީ ދޮގު
  48. މި ސަރުކާރުގެ ޕްރޮޖެކްޓް ތަކަށް 1.5 ބިލިއަން ރުފިޔާ މިއަހަރު ބަޖެޓްގަ ހިމަނާފަ ވަނިކޮށް ބަޖެޓް ނުކުރާ ކަމަށް ބުނެ ހެދީ ދޮގު
  49. މި އަހަރު ވެލާނާ އެއާޕޯޓް ނިންމަން ބުނެ ހެދީ ހުސް ދޮގު
  50. ސަރުކާރުގައި ނުދައްކާ ހުރި ބިލް ތަކަށް އެކި ފަހަރު އެކި އަދަދު ކިޔާ ހެދީ ދޮގު
  51. ޓެކްސް ބޮޑު ނުކުރާނެ ކަމަށް ބުނެ ހެދީ ދޮގު
  52. ކުރިއަށް ގެންދާނީ ރައީސް ޔާމީންގެ ތަރައްގީގެ ލެގަސީ ކަމަށް ބުނެ ހެދީ ދޮގު
  53. މަސްވެރިންނަށް ފައިސާ އެއްކޮށްދީ ހަލާސް ކޮށްފިން ކަމަށް ބުނެ ހެދީ ދޮގު
  54. ފަސުޓް ކުލާހް ގައި ދަތުރު ނުކުރާނެ ކަމަށް ބުނެ ހެދީ ދޮގު
  55. 100 ދުވަސް ތެރޭ އަރަބިއްޔާ ސުކޫލްގެ އިމާރާތުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ބުނެ ހެދީ ދޮގު
  56. ސަރުކާރުން ބޭރަށް ދައްކަން އޮތް ދަރަންޔަކީ 120 ބިލިއަން ކަމަށް ބުނެ ހެދީ ދޮގު
  57. ކުވައިތު ސަރުކާރުން މަޝުރޫއު ހިންގުމަށް ދިން ފައިސާ އަނބުރާ ގެންދިޔަ ކަމަށް ބުނެ ހެދީ ދޮގު
  58. ސްޕޯޓް ރޭސީން ޑްރިޕްޓް ސްޓޭޑިއަމް އަޅާނެ ކަމަށް ބުނެ ހެދީ ދޮގު
  59. ރައީސް ޔާމީންގެ ފުޓޯ ފުޅު ޖެހި ހުސް ގޮޑި ޖަލްސާތަކުގައި ނުބަހައްޓާ ކަމަށް ބުނެ ހެދީ ބުހުތާނު ދޮގު
  60. ކުރީ ސަރުކާރުން ސިފައިންނާ ފުލުހުންގެ ފުލެޓް ތަކުގެ ކުލި 1 އަހަރަށް ފަސްކޮށް ދީފައި ވަނިކޮށް އެކަން ވެސް ކުރީ މި ސަރުކާރުން ކަމަށް ބުނެ ހެދީ ދޮގު
  61. ކާޑެއްދޫ އާ ތިނަދޫ ގުޅާލާނެ ކަމަށް ބުނެ ހެދީ ބުހުތާނު ދޮގު
  62. ކަނޑުގެ ލޮނުގަނޑު އުސް ނުވާ ކަމަށް ބުނެ އަލްޖަޒީރާގައި ހެދީ ދޮގު
  63. ވިޔަފާރި ވެރީންގެ އެހީ އާ އެކު މަޖިލީހަށް ކުރިމަތިލާ އަންހެން ކެނޑިޑޭޓުންނަށް ފަންޑު ކޮށްދެއްވާނެ ކަމަށް ބުނެ އަންހެން ކެނޑިޑޭޓުން ޕުރައިމަރީގައި ބަލިކުރަން  ސިއްރުން މަސައްކަތް ކޮތް ހެދީ ދޮގު
  64. ކުރީ ސަރުކާރުން އާ 7 ކައުންސިލް އިމާރާތް ނިންމާ 34 އިމާރާތަށް ބަޖެޓް ކޮށްފައި ވަނިކޮށް ވޭތުވެދިޔަ 10 އަހަރު ވެސް އެއްވެސް ކައުންސިލް އިމާރާތެއް ނުހަދާ ކަމަށް ބުނެ ހެދީ ދޮގު
  65. ވައުދުވީ 100 ދުވަސް ތެރޭ  ހިޔާ ފުލެޓްގައި ލިފުޓު ހެދުމުގެ އަމަލީ މަސައްކަތް ކުރަން، ޕްރޮޖެކްޓްގެ ބޯޑު އެކަނި ހަރުކޮށް ހެދީ ދޮގު
  66. އެސްޑީއެފް ގައި 16 މިލިއަން ޑޮލަރު ހުއްޓާ އެ އަދަދު 30 މިލިއަން ޑޮލަރު ކަމަށް ބުނެ ހެދީ ދޮގު
  67. އަލިފުށީ އެއާޕޯޓް މަސައްކަތް ހުއްޓާ ނުލާނެ ކަމަށް ބުނެ ހެދީ ދޮގު
  68. މިލިޓަރީ އެގްރިމަންޓު ތަކުން މިނިވަން ކަން ގެއްލޭ ކަމަށް ބުނެ އެ އެގްރިމަންޓް ތަށް ހާމަ ކުރާނެ ކަމަށް ބުނެ ހެދީ ބުހުތާނު ދޮގު
  69. ހަރަދު ކުޑަ ކުރާނެ ކަމަށް ބުނެ ހުރިހާ ވަޒީރުންނާ، ވަޒީރުން ގެ ފެންވަރަށް އެއާ ފުރައިޓް ކޮށް 22 ކާރު ގެނެސް ހެދީ ދޮގު
  70. ކޯޓްތަކަށް އަތް ނުބާނާނެ ކަމަށް ބުނެ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒް ފޯރުވާ އަތްބާނާ ޝަރީއަތް ލަސްކޮށް ހެދީ ދޮގު
  71. ރާއްޖެ ތަރައްގީ ކުރުމަށްޓަކައި ހަތް އާބަން ސެންޓަރު ގާއިމްކުރާނެ ކަމަށް ބުނެ ހަދަމުން އަންނަނީ ބުހުތާނު ދޮގު
  72. ކަނޑު އަޑީގައި ބިއްލޫރި ޓަނަލެއް ހެދުމަށް ފީސިބިލިޓީ ހެދި ކަމަށް ބުނެ ހެދީ ދޮގު
  73. ދިވެހި ބިމުން އިންޗިއެއްވެސް ބޭރު މީހަކަށް ނުދޭނެ ކަމަށް ބުނެ ފުރަތަމަ ފަހަރަށް މީހުން ދިރިއުޅޭ ވެރި ރަށް މާލޭ ސިޓީ ހުޅުމާލެ އަވަށުން 10 ހެކްޓަރ ބޭރު ބަޔަކަށް މިލްކް ކޮށްދީފަ ހެދީ ދޮގު
  74. މައުލޫމާތު ހޯދަން އާރްޓީއައި ލާން ނުޖެހޭނެ ކަމަށް ބުނެ އެއްވެސް މައުލޫމާތެއް ހާމަ ނުކޮށް ހެދީ ދޮގު
  75. ރާއްޖޭގެ ހުރިހާ ރަށަކަށް ފުރަތަމަ އަހަރު ދަތުރުކުރައްވާނެ ކަމަށް ބުނެ ހެދީ ދޮގު
  76. އެކި ވެރިކަން ތަކުގައި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފުން ވަކި ނުކުރާނެ ކަމަށް ބުނެ ވެރިކަމުގެ ފުރަތަމަ ހަފްތާ ގައި މުލިއާގެއާއި ރައީސް އޮފީހުގެ ހިދުމަތްތެރި މުވައްޒަފުން ކަނޑާލާ ހެދީ ދޮގު
  77. ކައުންސިލްތައް ބާރުވެރި ކުރުވާނެ ކަމަށް ބުނެ ގްރާޑް ދިރުވާލާ ހެދީ ދޮގު
  78. ބިދޭސީން އިތުރަށް ކޯޓާ ނުދެނޭނެ ކަމަށް ބުނެ ހެދީ ދޮގު
  79. ޕާކް ކުރާނެ ތަން ދައްކާފަ ނޫނީ ސްޓިކާ ނުޖަހާނެ ކަމަށް ބުނެ ހެދީ ދޮގު
  80. ރިސޯޓް ބޯއީސް ބާރުވެރި ކުރުވާނެ ކަމަށް ބުނެ ހެދީ ހުސް ދޮގު
  81. ސިފައިންނާއި ފުލުހުން މުސާރަ ދެ ގުނަ ބޮޑު ކުރާނެ ކަމަށް ބުނެ ހެދީ ދޮގު
  82. ގެެއްލުނު ފައިސާ ހޯދާނެ ކަމަށް ބުނެ އެމްއެމްޕީއާރުސީގެ ބޮޑުންނަށް ހިމާޔަތް ދީ ހެދީ ދޮގު
  83. ހުވައި ކުރާ ދުވަހު ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށް ބުނެ ހެދީ ދޮގު
  84. އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަން ދޭނެ ކަމަށް ބުނެ ހެދީ ދޮގު
  85. ސަރުކާރުގައި ފޮރުވާނެ އެއް ވެސް ކަމެއް ނޯންނާނެ ކަމަށް ބުނެ ހެދީ ހުސް ދޮގު
  86. ކުދި ވިޔަފާރި ކުރި އަރުވާނެ ކަމަށް ބުނެ، އެ ވިޔަފާރިތަކަށް ފިއްތާ ހެދީ ހުސް ދޮގު
  87. ދަނޑުވެރިން ވިއްކާ ތަކެތީ ސަރުކާރުން ގަންނާނެ ކަމަށް ބުނެ ހެދީ ދޮގު
  88. ނޫސްތަކާއި ޓީވީ ޗެނަލްތައް އަދި ވަކިވަކި ނޫސްވެރިން ޖޫރިމަނާ ނުކުރާނެ ކަމަށް ބުނެ ހެދީ ދޮގު
  89. ބައްފާފުޅު އަވަހާރަވުމުން ތަރިކަ ބެހީ އުސޫލުގެ ތެރެއިން ކަމަށް ބުނެ ހެދީ ބުހުތާނު ދޮގު
  90. ލޯނުތަކަށް ދައްކަން ބޭނުންވާ ވަރަށް ފައިސާ ވަންނަ ކަމަށް ބުނެ ހެދީ ދޮގު
  91. ވެރިކަން ހިންގުމުގެ މަގަކީ ބައްޕަގެ ފޮތް ކަމަށް ބުނެ ހެދީ ދޮގު
  92. އިގްތިސޯދީ ހާލަތާއި މެދު ކަންބޮޑުވުމެއް ނެތް ކަމަށް ބުނެ ހެދީ ދޮގު
  93. ފެހި ސިގްނަލް ލިބޭ ކަމަށް ބުނެ ހެދީ ދޮގު
  94. ބްރިޖް ލޭނުގެ އަދަދު ބަދަލު ނުވާ ކަމަށް ބުނެ ހެދީ ބުހުތާނު ދޮގު
  95. ޓެކްސީ ޑްރައިވަރުންނަށް ޖެއްސުންކޮށް ނިކަމެތި ނުކުރާނެ ކަމަށް ބުނެ ހެދީ ދޮގު
  96. ސަރުކާރުގައި ފޮރުވާނެ އެއް ވެސް ކަމެއް ނޯންނާނެ ކަމަށް ބުނެ ހެދީ ހުސް ދޮގު
  97. އެއް ވެސް ރައްޔިތަކަށް ދޭން ބުނި އެއްޗެއް އަތުލުމެއް ނޯންނާނެ ކަމަށް ބުނެ ހެދީ ދޮގު
  98. އޮންނާނީ ގައުމީ އެއް ބައިވަންތަ ސަރުކާރެއް ކަމަށް ބުނެ ސިޔާސީ މީހުނަށް ވިއްކީ ހުސް ދޮގު
  99. ނިދަން ގެއަށް ވަންނާނީ އެއް ވެސް މީހެއްގެ ހައްގަކަށް އަރައި ނުގަނެ ކަމަށް ބުނެ ހެދީ ދޮގު
  100. ދޮންމަންމާފުޅާ ދޭތެރޭގައި ގޯހުން ކަމެއް ކުރައްވާފައެއް ނޯންނާނެ ކަމަށް ބުނެ ހެދީ ބުހުތާނު ދޮގު

މި "ސަތޭކަ" ދޮގުގެ ދުރުމިން ބަލާލާއިރު މުއިއްޒުގެ ވެރިކަމުގެ "ކަޅު ދިގު އެއް އަހަރު" ފެންނަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާއަށް ރާއްޖެ މިސްރާބު ޖަހާފައިވާތަނެވެ. އަމިއްލަ އެދުމުން ފޯވެ ދައުލަތް އަމިއްލަ މިލްކަކަށް ހަދައިގެން އަނިޔާވެރި ޑިކްޓޭޓަރެއް ގައުމު ލޫޑުވާތަނެވެ. މިއަދު މުއިއްޒު ވެރިކަން ހިންގަވަން ގެންގުޅޭ "ސްޓްރެޓަޖީ" އަކީ ރައްޔިތުންގެ ހިތުގައި ބިރު އުފައްދައިގެން ދޮގު ހެދުމެވެ.

ކީރިތި ގުރުއާނާއި ސުންނަތުން އަދި ދަންނަބޭކަލުންގެ އިޖުމާއުން ސާބިތުވާ ގޮތުގައި ދޮގު ހެދުމަކީ ހަރާމް ކަމެކެވެ. ނަޙުލު ސޫރަތުގެ 105 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ. "ދޮގު ހަދާކަން ކަށަވަރީ، ﷲ ގެ އާޔަތްތަކަށް އީމާންނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ ދޮގުވެރީންނެވެ."

މުނާފިގުންގެ ސިފަތައް ބަޔާންކޮށްދެއްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސް ކުރައްވާފައިވާ ބަސްފުޅުގައި، މުނާފިންގެ ސިފައެއްކަމުގައި ދޮގު ހެދުން ގެންނަވާފައިވެ އެވެ.(ބުޚާރީ: 1/33) އަދިވެސް އެކަލޭގެފާނު ހަދީސްކުރެއްވި އެވެ.

"މުނާފިގުންގެ ކިބައިން ފެންނާނެ ތިން އަލާމާތެއްވެ އެވެ. (އެ ތިން އަލާމާތަކީ) ވާހަކަ ދައްކާނަމަ ދޮގުހަދާނެއެވެ. ވައުދެއްކޮށްފިނަމަ އެވައުދަކާ ޚިލާފުވާނެއެވެ. އަދި އަމާނާތަކާ ހަވާލުވެއްޖެނަމަ އެ އަމާނާތަކަށް ޚިޔާނާތްތެރިވާނެއެވެ.'(ބުޚާރީ: 1/32)

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved