April 23, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުމުގެ ބިލު އެއްފަރާތްކޮށް ވޭޕް މަނާ ކުރުމުގެ ބިލު ރައީސް ތަސްދީގުކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Nov 14, 2024, 03:58 PM
މާލެ ސިޓީ

ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުމުގެ ބިލު އަންނަ އަހަރަށް ތާވަލު ކުރުމަށްފަހު ވޭޕް މަނާ ކުރުމުގެ ބިލު ރައީސް ޑރ މުހައްމަދު މުއިއްޒު ތަސްދީގް ކޮށްފިއެވެ.

Advertisement

ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުމަށް ދިވެހިން ގޮވާލަމުން އަންނަތާ މިވަނީ އަހަރެއްހާ ދުވަސް ވެފަައެވެ.

ރައީސް މުއިއްޒަށް ޕާސްޕޯޓް މަނާކުރުމުގެ ބިލު ތަސްދީގް ކުރުމުގެ ބާރު އޮވެމެ ވަނީ މަޖިލީހަށް ފޮނުވާ 150 އަށް ވުރެ ގިނަ ދުވަހު އެ ބިލަށް ގޮތެއް ނުނިންމަވާ ބާއްވާފައެވެ.

މި ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ޕާސްޕޯޓް މަނާކުރުމުގެ ބިލު އަވަސް ކުރައްވާނެ ކަމަށް ވިދާޅުވި އިރު މި ބިލް ވަނީ އަންނަ އަހަރަށް ތާވަލްކޮށްފައެވެ. މިއީ މި ސަރުކާރަށް މައްސަލައިގެ މުހިއްމުކަން ހާމަވެގެންދާ ކުޑަ މިންވަރެއްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން ސަހްޔޫނީން އަންނަނީ ފަލަސްތީނަށް ހުއްޓުމެއްނެތި ހަމަލާދީ އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ.

ކަންމިހެން ހުރި އިރު ބޭރު ދުނިޔޭގެ ޕްލެޓްފޯމްތަކުގައި ރައީސްގެ ލޮލުން އެ އޮހޮރޭ ކަރުނަ އަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫން ކަމަށްވެސް އަންނަނީ ސިފަކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved