April 23, 2026
Advertisement
ރ. އިންނަމާދޫ، ފެމޯރާގެ، މުހައްމަދު ސަލީމް
ރ. އިންނަމާދޫ، ފެމޯރާގެ، މުހައްމަދު ސަލީމް / ސޯޝަލް މީޑިއާ

އުމުރަށް ޖަލަށްލާފައި ހުރި މީހަކު ޑްރަގާއެކު ހައްޔަރުކޮށްފި..!

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 14, 2024, 04:01 PM
މާލެ ސިޓީ

ޓްރެފިކިން މައްސަލައެއްގައި އުމުރަށް ޖަލަށްލާފައި ހުރި މީހަކު އަނެއްކާވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

Advertisement

އުމުރަށް ޖަލަށްލާފައި ހުއްޓާ، މަސްތުވާތަކެތީގެ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފައިވަނީ، ރ. އިންނަމާދޫ، ފެމޯރާގެ، މުހައްމަދު ސަލީމް ކިޔާ އުމުރުން ދުވަސްވީ މީހެކެވެ.

ޖީބުންނާއި އެޕާޓްމަންޓުން ފެނުނު މަސްތުވާތަކެތި ފެނިހެން އޭނަ ހައްޔަރުކުރީ މި ހަފުތާގަ އެވެ. އަދި ސަލީމްގެ ބަންދާ މެދު ގޮތެއް ނިންމަމް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ވަނީ ޖަހައިފަ އެވެ.

އޭނަގެ އަތުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތު އަދި ހެރޮއިން ފެނިފައިވެ އެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި 2016 ވަނަ އަހަރު، ޑައިމޯފިން ޓްރެފިކިން މައްސަލައެއްގައި މުހައްމަދު ސަލީމްގެ މައްޗަށް 100،000 ރުފިޔާގެ ޖޫރިމަނާއަކާއެކު އޭނާ އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވެ އެވެ. އެ ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށްވެސް ރެކޯޑްތަކުން ދައްކަ އެވެ.

ނިމުނު ސޯލިހުގެ ވެރިކަމުގެ ފަހު ކޮޅުގައި މަސްތުވާތަކެތި ޓްރެފިކުކުރުން ފަދަ ބޮޑެތި ކުށްތަކުގައި ހައްޔަރުކޮށްފައި ތިބި އެތައް ބަޔަކު ރިޔާސީ އިންތިހާބާ ދިމާކޮށް އަދަބު ލުއިކޮށްދިނުމާއި މައާފުކޮށްދިނުމުގެ ގާނޫނުގެ ދަށުން ދޫކޮށްލާފައިވެ އެވެ. މިގޮތަށް ދޫކޮށްލި ގިނަ ބަޔަކު ދޫކުރީ އެމީހުންގެ އަދަބުގެ މުއްދަތު ކުޑަކުރުމަށްފަހު އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved