
މިހާތަނަށް އެއްވެސް ސަރުކާރަކުން އަތްލަން ނުކެރިފައިވާ ސަމޯއާ އެގްރީމެންޓް މުއިއްޒުގެ ސުލްހަ ވެރިކަމުގައި ސޮއި ކުުރުމުން އޭގެ ފޮނި މީރުކަން މިހާރު މި ގައުމުން ފެންނަން ފަށައިފި ކަމަށް ވިދާޅުވެ ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތް ކުރާ އަހްމަދު ފަޔާޒް (ޕާޕާ) ގަެުމުގެ ހާލަތަށް މަޖާޒީ ގޮތަކަށް ފާޑުވިދާޅުވެއްޖެއެވެ.
ޕާޕާ މިފަދައިން ވިދާޅުވީ އެކްސް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
އެގޮތުން ޕާޕާ ވަނީ ކައްޒާބު މުއިއްޒުގެ ސަލަހް ވެރިކަމުގައި އެއްވެސް ސަރުކާރަކަށް އަތްލަން ނުކެރިފައި ވާ ސަމޯއާ އެއްބަސްވުމުން މިހާރު އޭގެ ފޮނިމީރުކަން ދިވެހި ފަޒާއިން ފެންނަންފަށައިފި ކަމަށް ވިދާޅުވެ މިސަރުކާރުން ގައުމު ވައްޓާލާފައިވާ ޙާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ސަމޯއާ އެގްރީމަންޓްގައި ދިވެހިރާއްޖޭން ސޮއިކޮށްފައިވަނީ ބައެއް ‘ރިޒަވޭޝަން’ތަކާ އެކުގައެވެ. އެހެން ނަމަވެސް އެ ‘ރިޒަވޭޝަން’ތައް ލުމުގައި އެކަށީގެންވާ މިންވަރަށް ދީނީ ގޮތުން އެކަން ދިރާސާކޮށްފައި ނުވާކަން ފާހަގަވެއެވެ.
މި އެގްރީމަންޓް އަކީ އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ކޮންމެ ޤައުމެއްގައިވެސް، އެ ޤައުމެއްގެ ރައްޔިތުންނަށް ލިބިދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެގްރީމެންޓް އެކެވެ. ޙައްޤުތަކުގެ ނަމުގައި ގެންނަ އަނެއް ޝަރުޠަކީ، އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ބޮޑުވެގެންވާ މުންކަރާތެއްކަމުގައިވާ، އެއް ޖިންސުން ގުޅުން ހިންގުން ހުއްދަކުރުމެވެ. ނުވަތަ އެކަމުގެ އަހުލުވެރިން ޙިމާޔަތްކުރުމެވެ.
އެހެންކަމުން ރާއްޖޭގައި އިސްލާމީ ޝަރީއަތެއް ގާއިމުކުރުމަށް އައި ބަޔަކު މިފަދަ އެގްރީމެންޓް އެއްގައި ސޮއި ކޮށް ދިވެހިންގެ ދީނީ މިނިވަންކަން ވަނީ ގެއްލުވާލާފައެވެ.
ޕާޕާގެ ޕޯސްޓްގައި ރާއްޖޭގައި ހަރަކާތްތެރިވާ ސަލަފުގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.










