ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ވިލިމާލެ އައުޓްރީޗް ސެންޓަރު ހުޅުވައިފި އެވެ.
މިކަމަށްޓަކައި ވިލިމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވިލިމާލެ މަސްޖިދުލް ބިއްރިގައި ދެ ކުލާސްރޫމާއެކު ގާއިމްކޮށްފައިވާ ސެންޓަރު ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝަހީމް ވިދާޅުވީ ވިލިމާލޭގައި ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ އައުޓްރީޗު ސެންޓަރެއް ހުޅުވުމަކީ ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ފަސޭހައެއްކަމަށާއި، މި ސަރުކާރުގެ ތަސައްވަރުގައި ހިމެނޭ ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށެވެ.
ދީނީ ގައުމީ ކަންކަންކުރުމުގައި ވަކި ފިކުރެއް ބެއްލެވުމެއް ނެތި މަސައްކަތް ކުރެއްވުން މުހިއްމު
މި ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރުއާދަމް އާޒިމް ދެއްކެވި ވާހަކަފުޅުގައި ވަނީ މި މަސައްކަތް ކުރިއަށް ގެންދިއުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ވަޒީރަށާއި، ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ.