April 23, 2026
Advertisement
ސަރުކާރަށް އަހަރެއް ވާތީ އުފާކުރަން މިއުޒިކް ޝޯ އެއް ބާއްވަނީ
ސަރުކާރަށް އަހަރެއް ވާތީ އުފާކުރަން މިއުޒިކް ޝޯ އެއް ބާއްވަނީ / ރައީސް އޮފިސް

މުއިއްޒު ސަރުކާރަށް އަހަރެއް ވާތީ ބެރުދުންމާރީގެ މިއުޒިކް ޝޯ އެއް ބާއްވަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 16, 2024, 06:48 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަހަރެއް ފުރޭތީ ބެރުދުންމާރި އާއިއެކު ވަރުގަދަ މިއުޒިކް ޝޯތަކެއް ބޭއްވުމަށް ނިންމައިފި އެވެ.

Advertisement

އެންސީއޭ އިން މިހާރު އިއުލާނުކޮށްފައިވާ ގޮތުން ސަރުކާރަށް އަހަރެއް ވެގެން ބާއްވާ ޝޯތައް އޮންނާނީ ނޮވެމްބަރު 17، 18 އަދި 19 ގަ އެވެ.

"އޮލިންޕިއަންސް ވިތް ޔޫތް- ލައިވް އިން ކޮންސާޓް" ނަމުގައި ބާއްވާ މި ޝޯތަކަށް މިހާރު ވަނީ ޓިކެޓް ވިއްކަން ފަށައިފަ އެވެ.

އޮލިމްޕަހުގައި ބާއްވާ މި ޝޯގެ ޓިކެޓް ވިއްކަނީ  200ރ. އަށް އަދި 250ރ. އަށެވެ.  މި ޝޯއަށް މުއިއްޒު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި މީހުނަށް ދާން ސަރުކާރުން އަންނަނީ ބާރު އަޅަމުން ނެވެ. މިޝޯތައް ބައްލަވާލެއްވުމަށް މުއިއްޒުގެ ސަރުކާރުގެ މިނިސްޓަރުންނަށް މިހާރު ވަނީ ދައުވަތު ފޮނުވިފަ އެވެ.

އޮލިމްޕިއަންސްގެ އިތުރު ޒުވާން އިތުރު ފަންނާނުތަކެއްވެސް ބައިވެރިވާ މިޝޯގައި ޖުމުލަ 28 ފަންނާނަކު ލަވަތައް ހުށަހަޅައިދޭނެކަމަށް އެންސީއޭއިން ބުނެއެވެ.

މުއިއްޒު ވެރިކަމަށް އަހަރު ފުރޭތީ ޝޯ ބާއްވަން ނިންމިއިރު މުއިއްޒުގެ ސަރުކާރުން ފާއިތުވެ އެއް އަހަރަކީ ކޮރަޕްޝަނާއި ވައްކަމުގެ އެއް އަހަރެވެ. އަދި ވެރިއެއް ދެކެ ރައްޔިތުން އެހާ އަވަހަށް ފޫހިވި ވެރިއަކަށް މުއިއްޒު ވެއްޖެ ކަމަށް ބުނެ ގިނަބަޔަކު އަންނަނީ މުއިއްޒުގެ ސިޔާސަތުތަކަށް ފާޑު ކިޔަމުން ނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved